ޕީ.އެސްޖީގެ މުހިންމު ކުޅުންތެރިޔާ ޑޫއޭ ގެ އޭސީއެލް އަށް އަނިޔާވެ، ދިގުމުއްދަތަކަށް ކުޅުމާއި ދުރަށް
22 ނޮވެމްބަރު 2026 - 03:39

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ޒުވާން ފޯވާޑް ޑެސިރޭ ދޫއޭގެ ކަނާތު ކަކުލުގެ ލިގަމެންޓް (އޭސީއެލް) އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، އޭނާ ގިނަ މަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފްރާންސްގެ 'ލެކީޕް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 21 އަހަރުގެ ފްރާންސް ގައުމީ ޓީމުގެ ކުޅުންތެރިޔާގެ އެންޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) ކަނޑައިގެން ދިޔައީ، ހޮނިހިރު ދުވަހު ލީގު 1 ގައި ނީސް އަތުން 3-2 އިން ޕީއެސްޖީ މޮޅުވި މެޗުގައެވެ. މި އަނިޔާއާ ގުޅިގެން މެޗުގެ ތެރެއިން އޭނާ ދަނޑުން ބޭލީ ސްޓްރެޗަރުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ހޮނިހިރު ދުވަހުގެ ރޭ ހެދި ފުރަތަމަ އެސެސްމެންޓުން އޭނާގެ ކަނާތު ކަކުލުގެ އޭސީއެލް ކަނޑައިގެން ގޮސްފައިވާކަން ކަށަވަރުވެފައިވާއިރު، އަނިޔާގެ ފުރިހަމަ ތަފުސީލު ދެނެގަތުމަށް އާދީއްތަ ދުވަހު އެމްއާރުއައި ސްކޭނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަނިޔާވުމާ ގުޅިގެން ލޯކަލް ހޮސްޕިޓަލަކަށް ގެންދިއުމުގެ ބަދަލުގައި، ދަނޑުގެ މެޑިކަލް ރޫމުން ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ޓީމާއެކު އެނބުރި ޕެރިހަށް ދަތުރުކޮށްފައެވެ.
މި އަނިޔާގެ ސަބަބުން ކޯޗު ލުއިސް އެންރީކޭގެ ޓީމުގެ އެޓޭކިން ލައިނަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ބެލެވެނީ، ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގެ މުހިންމު މެޗުތައް ކުރިއަށް އޮތުމުންނެވެ.

-01.jpg&w=3840&q=75)
