ކަސްޓަމްސްއިން ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 ނޮވެމްބަރު 2026 - 03:53

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާ ގައެވެ.
މި ޖަލްސާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އަލަށް ތައާރަފު ކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ކަސްޓަމްސް އިން ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި މީގެ ބޮޑީވޯން ކެމެރާ ހަދިޔާކޮށްފައިވަނީ އެމެރިކާ އިންނެވެ.
މި ޖަލްސާގައި ވަނީ ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީހުގެ މައްޗަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ހާއްސަ ފޮތެއް ނެރެފަ އެވެ.
މީގެ އިތުރުން މި ޖަލްސާގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކަސްޓަމްސްge އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުން ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

-01.jpg&w=3840&q=75)
