logo
MPL

MPL

ޚަބަރު

ޝާހިދުގެ ބަންދަށް ހައިކޯޓުން ތާއީދުކޮށްފި

އަޙުމަދު ރަމީޒު
22 ނޮވެމްބަރު 2026 - 09:22
ޝާހިދުގެ ބަންދަށް ހައިކޯޓުން ތާއީދުކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރިިމިނަލް ކޯޓުން ޝާހިދުގެ ބަންދަށް 30 ދުވަސް ދިނީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

ޝާހިދު ބަންދު އަމަރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާއި ފަނޑިޔާރު އިސްމާއީލް ޝަފީއުގެ އިތުރުން ފަނޑިޔާރު ފަރުހީޒާ އެވެ.

ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަމާއި އދގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާހިދުގެ ބަންދަށް ހައިކޯޓުން ތާއީދުކޮށްފިޚަބަރު | 24 މިނިޓު ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ ނަން މަޖިލީހަށްޚަބަރު | 4 ދުވަސް ކުރިންއިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ޝާހިދު މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން: ހައިކޯޓްޚަބަރު | 4 ދުވަސް ކުރިންޝާހިދުގެ ބަންދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފިޚަބަރު | 7 ދުވަސް ކުރިން