logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

އަންނަ މަހުގެ ތެރޭގައި ރައީސްގެ އަމާޒަށް ވާސިލުވާނެ: މެމްބަރު ފަލާހު

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2024 - 05:39
މެމްބަރު ފަލާހު މެނދުރު ޓީވީއަށް އިންޓަވިއު ދެއްވަނީ
މެމްބަރު ފަލާހު މެނދުރު ޓީވީއަށް އިންޓަވިއު ދެއްވަނީ

ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މުޅި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނައިރު އަންނަ މަހުގެ 15 ނުވަތަ 20 ހާ ހިސާބުގައި ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަށް ވާސިލުވާނެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ މިއަދު ހެނދުނު އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހ. ވެޔޮވިލާގައި ހުންނަ އެޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތައްފަހު މެންދުރު ޓީވީއަށް މައުލޫމާތުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ ކޮންމެ ހަފްތާއަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާކަމަށެވެ.

" މި ކުރެވުނު މަސައްކަތުން މިހާތަނަށް 64،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ގުޅިފައި. އަންނަ މަހުގެ 25 ނޫނީ 20 އަށް އަރަންވާއިރަށް ރައީސްގެ ޓާގެޓަށް ވާސިލުވާނެކަމުގެ ޔަގީންކަން އެބައޮތް".

މެމަބަރު ވިދާޅުވީ ޕާޓީއާ ގިނަ އަދަދެއްގެ މެމްބަރުން ގުޅުމަކީ ސަރުކާރުގެ ތަރައްގީގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށެވެ.

 ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ ހަރަކާތަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމަކަށް ފަށްޓަވާފައިވާ ހަރަކާތެކެވެ. ރައީސް ބޭނުންފުޅުވެވަޑައިގަންނަވަނީ 75،000 އާ ހަމައަށް މެމްބަރުން އިތުރުކުރުމާއެކު ވެރިކަންކުރާ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެދުމެވެ.

މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލުކުރައްވާ ގިނަ އަދަދެއްގެ މެމްބަރުންނާއި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ބައިވެރިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައުދުތައް ފުއްދުމަށް، ޕީއެންސީ ކެނޑިޑޭޓުން ހޮއްވަވައިދެއްވުމަށް ރައީސް އިލްމާސް ކުރަށްވައިފިޚަބަރު | 10 ދުވަސް ކުރިންފުވައްމުލަކުގެ މިހާރުގެ ހާލަތު ބަދަލުކޮށްލަން ހޮވަންވީ ޢަލީ މަސީޙުޚަބަރު | 14 ދުވަސް ކުރިން74،000 އަށްވުރެ ގިނަ މެމްބަރުންނާއެކު އެންމެ މަގުބޫލު ޕާޓީއަކަށް ޕީއެންސީ!ޚަބަރު | 15 ދުވަސް ކުރިންރާއްޖެ މިދަނީ ރަނގަޅު މިސްރާބަށް، ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: މެމްބަރު އިބްރާހީމް ޙުސައިންޚަބަރު | 19 ދުވަސް ކުރިން