logo
MPL

MPL

ކުޅިވަރު

ސީޒަނުގެ ފޯރިގަދަ ރަސްވާދައިގެ ފުރަތަމަ މެޗު ވިކްޓްރީއިން ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
23 ނޮވެމްބަރު 2026 - 03:02
ސީޒަނުގެ ފޯރިގަދަ ރަސްވާދައިގެ ފުރަތަމަ މެޗު ވިކްޓްރީއިން ކާމިޔާބުކޮށްފި

ރާގު ދިވެހި ލީގުގައި ރާއްޖޭގެ ވާދަވެރި ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލުކުރި ފޯރިގަދަ 'ރަސްވާދަ' މެޗު 1-2 ގެ ނަތީޖާއަކުން ވިކްޓްރީން ކާމިޔާބުކޮށްފިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު ވިކްޓްރީން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އަވަސް އަދި ވަރުގަދަ ކުޅުމެކެވެ. ދެ ޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ވިކްޓްރީގެ ހަމަލާތައް ފެނުނީ ނިއުއަށްވުރެ ނުރައްކާތެރިކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ވިކްޓްރީން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. އަލީ ޝާމިސް އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުން، ނިއުގެ ކީޕަރު މުޙައްމަދު ފައިސަލްގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ނިއުއަށް ކުޅުނު އަލްހާޖީ ޖެރޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިކްޓްރީން ލީޑުގައި އޮވެ ކުޅެމުންދަނިކޮށް، މެޗުގެ 31 ވަނަ މިނެޓުގައި ނިއުއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ނިއުގެ ހާފުގެ ތެރެއިން އަޙްމަދު ވިޖުދާން ކުރިއަށް ފޮނުވާލި ބޯޅައެއް ހޯދައި، ގިލެރްމޯ ޑަސިލްވާ ދިން ޕާހަކުން އޭރިއާ ބޭރުގައި ހުރެފައި މުޙައްމަދު ނާއިމް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގެ ފޯރިގަދަ ކުޅުމުގެ ތެރެއިން އިތުރު ވަގުތުގައި ވަނީ ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ. އެއީ ނިއުގެ ނާއިމަށް، ވިކްޓްރީގެ މިރްޖަލޯލް ކަސިމޯވް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން މިރްޖަލޯލަށް ރެފްރީ ސީދާ ރަތްކާޑު ދެއްކިއިރު، އޭނާއަށް ރައްދު ދިނުމުގެ ގޮތުން ނާއިމް ދެއްކި އަމަލުތަކުގެ ސަބަބުން ރެފްރީ ވަނީ ނާއިމަށް ވެސް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މީގެ އިތުރުން މި ހަމަނުޖެހުމުގައި ދެ ޓީމުގެ ބެންޗުގައި ތިބި އޮފިޝަލުންނަށް ވެސް ރީނދޫ ކާޑު ދައްކާފައިވެއެވެ.

ދެ ޓީމުންވެސް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ސަބަބުން، ދެވަނަ ހާފުގައި ފެނިގެންދިޔައީ ކުޅުމުގެ ސްޕީޑު ދަށް، އާދައިގެ ކުޅުމެކެވެ. ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ވިކްޓްރީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީ މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖަހައިދިން ޖެރޯއެވެ.

މި މެޗުން ހޯދި މުހިންމު ތިން ޕޮއިންޓާއެކު ވިކްޓްރީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މެޗުން ބަލިވި ނިއުރޭޑިއަންޓަށް ހަތް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޒަނުގެ ފޯރިގަދަ ރަސްވާދައިގެ ފުރަތަމަ މެޗު ވިކްޓްރީއިން ކާމިޔާބުކޮށްފިކުޅިވަރު | 42 މިނިޓު ކުރިންއެފްއޭއެމް ވިމެންސް ފުޓްބޯޅަ ލީގު - މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓް ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 14 ގަޑިއިރު ކުރިންނިއުރޭޑިއަންޓް އާއި ވިކްޓްރީގެ ރަސްވާދައިގެ ފޯރިގަދަ މެޗު މާދަމާރޭކުޅިވަރު | 2 ދުވަސް ކުރިންއެފްއޭއެމް ވިމެންސް ލީގު ނިއުރޭޑިއަންޓުން ފެށީ ގަދަކޮށްކުޅިވަރު | 7 ދުވަސް ކުރިން