logo
MPL

MPL

ޚަބަރު

"ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމައިފި

އަޙުމަދު ރިޝާން
23 ނޮވެމްބަރު 2026 - 14:05
"ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމައިފި

ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ތެރެއިން، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލުގައި އޭސީ ހަރުކޮށް ނިންމާފައިވާކަން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލުގެ ޖުމްލަ 192 ކްލާސްރޫމާއި 80 ހޯލް ވަނީ އޭސީކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ސަރުކާރުން ހިންގާ 217 ސްކޫލުގެ ހުރިހާ ކްލާސްރޫމަކާއި ހޯލްތައް ދެ އަހަރު ދުވަހުގެ ތެރޭގައި އޭސީ ކުރުމުގެ އަމާޒުގައި މި ޕްރޮޖެކްޓް އިފްތިތާހުކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. މި މަސައްކަތަށް ބޭނުންވާ އޭސީތައް ހޯދައި، ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް 54 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.

ނަމަވެސް، ބައެއް ރަށްރަށުގެ ކަރަންޓު ނެޓްވޯކުގެ ގާބިލުކަން އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވެ، މަސައްކަތް ލަސްވަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމައިފިޚަބަރު | 31 މިނިޓު ކުރިންހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭޚަބަރު | 2 މަސް ކުރިންގާތްގަނޑަކަށް ފަސްހާސް ދަރިވަރުންނާ އެކު މި އަހަރުގެ އޭލެވެލް އިމްތިހާނުފަށައިފިޚަބަރު | 2 މަސް ކުރިންމިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްޚަބަރު | 4 މަސް ކުރިން