logo
ޚަބަރު

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހުސްކޮށްލީ އެމްޑީޕީގެ ވިސްނުމެއްނެތީމަ: މެމްބަރު ޝުޖާއު

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2024 - 06:49
މެމްބަރު ޝުޖާއު
މެމްބަރު ޝުޖާއު

ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ފައިސާ ހުސްކޮށްލީ އެމްޑީޕީ ސަރުކާރުގެ ވިސްނުމެއްނެތީމަކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ އެމްޑީޕީއާ ވެރިކަން ހަވާލުކުރީ ފިޗްގެ ރޭޓިން ބީ ޕްލަސްގައި އޮއްވާކަމަށެވެ. އަދި އޭރު އިގްތިސާދީ ހާލަތު ރަނގަޅުކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"ފަންޑުގައި ހުރި ފައިސާ ޗާޕްކޮށްގެން ގެއްލުމުގެ ބަދަލޭ ކިޔައިގެން ގޯތި މީހުންނަށް ބަހާލީ. ސަރުކާރު ހަވާލުވީ އިރު 30 މިލިއަން ރުފިޔާ ހުރީ. މިހާރު ހުންނާނެ 70 މިލިއަން ހުންނާނެ"

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް ހުށަހަޅާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. ބިލްގެ މަގުސަދުތަކުގެ ތެރޭގައި ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫނަށް ރުލެއް އަރުވާނުލާ ޔާމީން ހައްދަނީ އިތުރުފުޅުކަން ރައްޔިތުންނަށް އެނގޭ: ޝުޖާއުޚަބަރު | 24 ދުވަސް ކުރިންސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހުސްކޮށްލީ އެމްޑީޕީގެ ވިސްނުމެއްނެތީމަ: މެމްބަރު ޝުޖާއު ޚަބަރު | 10 މަސް ކުރިން