logo
MPL

MPL

ޚަބަރު

2026 ވަނަ އަހަރުގެ ސާވެޔަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމް އިކޮނޮމިކް މިނިސްޓްރީން ފަށައިފި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
24 ނޮވެމްބަރު 2026 - 04:39
2026 ވަނަ އަހަރުގެ ސާވެޔަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމް އިކޮނޮމިކް މިނިސްޓްރީން ފަށައިފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން 46 ކައުންސިލެއް ތަމްސީލުކުރާ 44 ބައިވެރިންނާއެކު، 2026 ވަނަ އަހަރުގެ އެންމެ ފަހު ސާވެޔަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަށައިފިއެވެ. 

ނޮވެމްބަރު 22 އިން ފެށިގެން ނޮވެމްބަރު 26 ގެ ނިޔަލަށް ކުރިއަށްގެންދާ ފަސް ދުވަހުގެ މި ތަމްރީނު ޕްރޮގުރާމަކީ، 2026 ވަނަ އަހަރަށް މިނިސްޓްރީން ކަނޑައަޅާފައިވާ ސާވެޔަރުން ތަމްރީނުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގުރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، މި ޕްރޮގުރާމަކީ ލޯކަލް ކައުންސިލްތަކުގެ މަންދޫބުންގެ ސާވޭކުރުމުގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ތަމްރީނެކެވެ.

މި ތަމްރީނުގެ ސަބަބުން އެކި ކައުންސިލްތަކުގެ ބައިވެރިންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އުނގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ސާވޭކުރުމާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތާއި ފަންނީ ގާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2026 ވަނަ އަހަރުގެ ސާވެޔަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމް އިކޮނޮމިކް މިނިސްޓްރީން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | 20 ދުވަސް ކުރިންމޯލްޑިވްސް އެކްސްޕޯ ވަރަށް ކާމިޔާބު, އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީ %15 އަށް ގެންދިއުންޚަބަރު | 21 ދުވަސް ކުރިން10 އަހަރަށް ފަހު ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒު ފުރާލައިފި، މިހާތަނަށް 205،000 މީހުން ޒިޔާރަތްކޮށްފިޚަބަރު | 24 ދުވަސް ކުރިން