logo
MPL

MPL

ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފި

އައިޝަތު ނަޝާ
24 ނޮވެމްބަރު 2026 - 11:23
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ރިޕޯޓު ފާސްކުރަން ފެންނަކަމަށް 65 މެންބަރުން ވޯޓު ދެއްވިއިރު، ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 13
މެންބަރުންނެވެ. ބަޖެޓު ފާސްކޮށްފައިވަނީ، މެމްބަރުން ހުށަހެޅި 23 އިސްލާހަށް ރިއާޔަތްކުރުމަށްފަހުއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ، ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ ދަށް އަދަދެކެވެ. ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ މިއަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކުރީ، މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފޮނުވި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދު ކުރެއްވި އިރު، ކޮމިޓީން އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މައިގަނޑު 10 ދާއިރާއަކަށް ވަނީ ބަހާލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާ، އިގުތިސާދާއި ސިނާއީ ދާއިރާ، ދަރަނީގެ ގޮތުގައި ކުރާ ހަރަދުގެ ދާއިރާ، ދިފާއީ އަދި އަދުލު އިންސާފުގެ ދާއިރާ، ތައުލީމީ ދާއިރާ، އާންމު ހިދުމަތްތަކުގެ ދާއިރާ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ، ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާ އަދި އެހެނިހެން ދާއިރާތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 15 ދުވަސް ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 20 ދުވަސް ކުރިންއަލަށް ފަށާ އެސްއެމްއީ ސްޓާޓަޕްތަކަށް ހާއްސަ ފަންޑެއްޚަބަރު | މަހެއް ކުރިން