އީ-ގޭޓުގެ ޚިދުމަތާއެކު އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް މިހާރު އޮންލައިންކޮށް ލިބޭނެ: ވަޒީރު އިހްސާން
24 ނޮވެމްބަރު 2026 - 11:37

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތައާރަފުކުރި އީ-ގޭޓުގެ ޚިދުމަތާއެކު، މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް މޯލްޑިވްސް 2.0 ގެ ސިޔާސަތުގެ ދަށުން، ސައްތައިން ސައްތަ އޮންލައިންކޮށް ބަދަލުވެފައިވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ފަތުރުވެރިންނަށް އީ-ގޭޓު މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މި ފެންވަރުގައި އީ-ގޭޓުގެ ހިދުމަތް ދޭ އެއްވެސް ގައުމެއް މި ސަރަހައްދުގައި ނެތް ކަމަށްށެވެ.
.png&w=750&q=75)
Ad by Hajj Corporation
ފަތުރުވެރިން ފުރަން ޗެކިންވުމާއެކު ''އިމުގާ'' ޕޯޓަލް މެދުވެރިކޮށް އީ-ގޭޓް ބޭނުންކުރެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށާއި، ބޯޑަރު ހުރަސްކުރުމާއެކު އީ-ވިސާ ސީދާ އެމީހެއްގެ އީމެއިލަށް ލިބޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
" އަހަރެއްހާ ދުވަސް ދިވެހިންނަށްވެސް ކޮންމެވެސް ވަރަކަށް ސީމްލެސްކޮށް ނޫނަސް ހުޅުވާލިން އެހެންނަމަވެސް، މިއަދުން ފެށިގެން ދިވެހިންނަށްވެސް އަދި ބިދޭސީންނަށްވެސް މިހުޅުވާލީ. ރާއްޖެއަށް ދަތުރުފަތުރު ކުރުމުގައި ދުނިޔޭގެ ކުރިއަށް އޮތްތަނުގެ ސްޓޭންޓާރޑް ރާއްޖެއިން މި ސެޓު ކުރަމުންދަނީ." ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ނަތީޖާއަކީ ރާއްޖޭގެ ބޯޑަރުން ވަދެގެން އަންނަ ކޮންމެ ފަރާތަކީ ސަލާމަތަކާއި ރައްކާތެރިކަމާއި ކަށަވަރު ކުރަން ޖެހޭ އަދި ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ކަމަށް ދަނެގެން އެތެރެވާ މީހަކަށް ހެދުން ކަމަށެވެ.

-01.jpg&w=3840&q=75)
