logo
MPL

MPL

ޚަބަރު

ނަފްސާނީ މައްސަލަތަކަށް ހައްލެއް ހޯދުމުގައި ދީނީ ނަޒަރަކުން ބެލުން ވެސް މުހިއްމު: ސާޖިދާ

އަޙުމަދު ރިޝާން
24 ނޮވެމްބަރު 2026 - 11:59
ނަފްސާނީ މައްސަލަތަކަށް ހައްލެއް ހޯދުމުގައި ދީނީ ނަޒަރަކުން ބެލުން ވެސް މުހިއްމު: ސާޖިދާ

ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ނަފްސާނީ މައްސަލަތަކަށް ހައްލެއް ހޯދުމުގައި، ހަމައެކަނި ސިއްހީ ނަޒަރަކުން ބެލުމުގެ ބަދަލުގައި ދީނީ ނަޒަރަކުންވެސް އެ ކަންކަން ދިރާސާކޮށް ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ކިޔަވާ ކުދިންނާއި ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ ދަތިތަކާ ގުޅޭ ދިރާސާތަކުން ފެންނަ ތަފާސްހިސާބުތަކަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ އަދަދުތަކެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖެއްގެ ކިބައިގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ވިސްނުން ހުންނައިރު، ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމުގެ އިޙުސާސް ކުރެވޭ ކުދިންކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ ކޮންމެ ފަސް ޒުވާނަކުން އެކަކު ނަފްސާނީ ކޮންމެވެސް މައްސަލައެއް ތަޙައްމަލު ކުރަމުންދާކަން ފާހަގަކުރައްވައި، މި ކަންކަމަށް ދީނީ ގޮތުން އިތުރު ބެލުންތަކެއް ބަލަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިރިއުޅުމުގައި ދިމާވާ ނާއުއްމީދުތަކާ ކުރިމަތިލާން ދަސްކުރުމަށާއި، އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނުހިނގާނެކަން ޤަބޫލުކުރުމަށް ޒުވާނުންނަށް ނަޞޭޙަތްތެރިވެވަޑައިގަންނަވަމުން، ނަފްސާނީ އެހީތެރިކަން ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ނަފްސާނީ މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެކަމަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯދުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހި އަވަސްވުމަށްވެސް އެކަމަނާ ބާރުއެޅުއްވިއެވެ.

ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކުން ޚާއްޞަ އިސްކަމެއް ދެމުންދާއިރު، ނަފްސާނީ ބަލީގެ އެކި ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ޞިއްޙީ ފަރުވާ ހަރުދަނާކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން މިހާރުވެސް ގެންދަވަނީ ގެންނަވަމުންނެވެ. ހަމައެއާއެކު، ނަފްސާނީ އެހީތެރިކަމުގެ ނިޒާމު ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރުމުގެ ގޮތުން ތަޢާރަފުކުރި ނޭޝަނަލް މެންޓަލް ހެލްޕްލައިނަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި 23،000 އަށްވުރެ ގިނަ ކޯލު ލިބިފައިވާކަން ފާހަގަކުރެވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ މައްސަލަތަކަށް ހައްލެއް ހޯދުމުގައި ދީނީ ނަޒަރަކުން ބެލުން ވެސް މުހިއްމު: ސާޖިދާޚަބަރު | 40 މިނިޓު ކުރިންހަކުރުބަލީގެ ފަރުވާ ފުޅާކޮށް، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފިޚަބަރު | 10 ދުވަސް ކުރިންމިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 16 ދުވަސް ކުރިންއަންހެން ކުދިންގެ ހުނަރުން މުޖުތަމައު މާބޮޑަށް ވަރުގަދަވެގެންދޭ: މެޑަމް ސާޖިދާޚަބަރު | މަހެއް ކުރިން