logo
MPL

MPL

ޚަބަރު

ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިން: މިނިސްޓަރު މުއްޠަލިބް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2026 - 19:20
ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިން:  މުއްޠަލިބް

ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ތެރެއިން އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި އަހަރު ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެވުނީ ކިހާ މިންވަރެއްތޯ ބަލާއިރު، ހަމައެކަނި ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން ބީއެމްއެލް މެދުވެރިކޮށްވެސް 1.1 ބިލިއަން ރުފިޔާގެ ލޯނު މިހާރު އެޕްރޫވްކުރެވި ދޫކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސްކީމުގެ ދަށުން ދައުލަތުން ޚަރަދުކުރަނީ އިންޓްރެސްޓް ރޭޓް ސަބްސިޑައިޒް ކުރުމަށް ދޭ ސަބްސިޑީގެ ބައެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދު ނުކުރި ނަމަވެސް، ލޯނު އެހީގެ ގޮތުގައި އެއަށްވުރެ ބޮޑު އަދަދެއް ރައްޔިތުންނަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުން، ބޭންކުތަކުން ލެންޑްކުރާ ފައިސާގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް 5 އިންސައްތައިގެ އިންޓްރެސްޓުގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚަރަދުކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައިގެން ބީއެމްއެލް މެދުވެރިކޮށް 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ދައުލަތުގެ ބަޖެޓުން އެކަނި ޚަރަދުކުރުމުގެ ބަދަލުގައި، އުފެއްދުންތެރި އެހެން ގޮތްގޮތް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި މިގޮތުން ގެނެވުނު ސިޔާސީ ބަދަލުތަކުގެ ސަބަބުން މިހާރު ކުރިއަށްދާ ލޯނު ސްކީމުތަކާއި ހައުސިންގ މަޝްރޫއުތަކުން ކުރިއަށްވުރެ މާ ބޮޑެތި އަދަދުތަކުން ބޯހިޔާވަހިކަމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިން: މުއްޠަލިބްޚަބަރު | ދުވަހެއް ކުރިންއަމާޒަކީ، ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން: މުއްތަލިބުޚަބަރު | ދުވަހެއް ކުރިންބޮޑުހިލަ ލިބުމާ އެކު ނިންމާލެވޭ ހިސާބުގައި ހުރި ޕްރޮޖެކްޓްތައް ގިނަ: މުއްޠަލިބުޚަބަރު | ދުވަހެއް ކުރިންއަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަން: މުއްތަލިބުޚަބަރު | ދުވަހެއް ކުރިން