logo
MPL

MPL

ކުޅިވަރު

ފަހަތުން އަރައި ޕީއެސްވީ ބަލިކޮށް، ރެއާލް ޖެހިޖެހިގެން 10 މެޗުން މޮޅުހޯދައިފި

އަބްދުﷲ ޣާނިމް
25 ނޮވެމްބަރު 2026 - 04:14
ފަހަތުން އަރައި ޕީއެސްވީ ބަލިކޮށް، ރެއާލް ޖެހިޖެހިގެން 10 މެޗުން މޮޅުހޯދައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި 5-1 ގެ ބޮޑު ނަތީޖާއަކުން ޕީއެސްވީ ބަލިކޮށް، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތައިންސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. ސެންޓިއާގޯ ބެރްނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްވީއަށް ލީޑު ނަގައިދިނީ އީވާން ޕެރިސިޗެވެ. މިއާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް ކޮޅަށް ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ހާފަށްފަހު ހޯސޭ މޮރީނިއޯ ގެނައި ތިން ބަދަލާއެކު، ދެވަނަ ހާފުގައި ރެއާލުން މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ފެޑެރީކޯ ވަލްވާޑޭ ނަތީޖާ ހަމަހަމަކޮށްދިންއިރު، 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޫޑް ބެލިންހަމް ވަނީ ހިތްގައިމު ވޮލީއަކުން ލީޑު ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކީލިއަން އެމްބާޕޭ ދެ ލަނޑު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހުމުގެ އަމިއްލަ ރެކޯޑެއް ހެދިއެވެ. މެޗުގެ 87 ވަނަ މިނެޓުގައި ރެއާލްގެ ފަސްވަނަ ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާއެވެ. މިއީ ރެއާލުން ޗެމްޕިއަންސް ލީގު ސީޒަނެއްގައި ޖެހިޖެހިގެން ފުރަތަމަ ފަސް މެޗުން މޮޅުވި ހަތަރުވަނަ ފަހަރެވެ. ރޭގެ މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން މޮޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި ޕީއެސްވީ ބަލިކޮށް، ރެއާލް ޖެހިޖެހިގެން 10 މެޗުން މޮޅުހޯދައިފިކުޅިވަރު | 22 މިނިޓު ކުރިންމުޅި ސީޒަނުގައި އެއް ސްކްރިޕްޓެއް؛ ކަރުތާފެނަށް ވެއްޓޭއިރަށް މެޑްރިޑް ސަލާމަތްކުރަނީ އެސްޕީކުޅިވަރު | 3 ދުވަސް ކުރިންމޮރީނިއޯގެ އިރުޝާދުގެދަށުން މެޑްރިޑް އުދުހޭން ފަށައި އެއްޕޮއިންޓް މަދުކޮށް ތާވަލުގެ ދެވަނައަށްކުޅިވަރު | 17 ދުވަސް ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 20 ދުވަސް ކުރިން