logo
MPL

MPL

ޚަބަރު

 އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެ، ޖުމްލަ 3.42 ބިލިޔަން ރުފިޔާއަށް!

އަޙުމަދު ރިޝާން
25 ނޮވެމްބަރު 2026 - 06:40
 އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެ، ޖުމްލަ 3.42 ބިލިޔަން ރުފިޔާއަށް!

 އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، ޖުމްލަ 3.42 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.72 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.59 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 8.17 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ 8.97 އިންސައްތަ އިތުރުވެ، 1.70 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާ އެވެ. އެހެންކަމުން، މި ދެ ބައިން ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރު ލިބުނު 3.15 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 8.57 އިންސައްތަ ކުރިއަރާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު އެވެ. މި ދެ ފީގެ ތެރެއިން ޑިޕާޗަރ ޓެކުހުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން އިސްތިސްނާވެ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓުންނާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުން އެކަންޏެވެ.

 އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް ސީދާ ޖަމާކުރަމުންދަނީ ރާއްޖޭގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށެވެ. މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ލިބޭ ޑިވިޑެންޑާއި، އެއާޕޯޓުގެ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ގެނައި ބަދަލުތަކާއެކު އިތުރަށް ލިބޭ އާމްދަނީވެސް މި ފަންޑަށް ދަނީ ޖަމާކުރަމުންނެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެ، ޖުމްލަ 3.42 ބިލިޔަން ރުފިޔާއަށް!ޚަބަރު | ގަޑިއިރެއް ކުރިންއޮކްޓޫބަރު މަހުގެ ހަރަދުތައް ދަށަށް ހިނގައްޖެޚަބަރު | 3 ދުވަސް ކުރިންމަޝްރޫޢުތަކަށް ބަޖެޓުން 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި, އެންމެ ބޮޑު ހޭދައެއް އިޤްތިޞާދީ ދާއިރާއަށްޚަބަރު | 4 ދުވަސް ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 16 ދުވަސް ކުރިން