އެންޑީއޭ އަކީ އާންމުންނަށް ފެންނަ ނަތީޖާނެރޭ ބަޔަކަށް ވަރަށް އަވަހަށް ވެގެންދާނެ: ރާޝިދު
25 ނޮވެމްބަރު 2026 - 08:15

އެންޑީއޭ އަކީ އާންމުންނަށް ފެންނަ ނަތީޖާނެރޭ ބަޔަކަށް ވަރަށް އަވަހަށް ވެގެންދާނެ ކަމަށާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ވެއަތުވި ތިން އަހަރުތެރޭގައި އެންޑީއޭގެ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެންޑީއޭގައި ފަރުވާދޭ މަރުކަޒުތައް ބާވެފައިވާ ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެންޑީއޭގެ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާޝިދު ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާޝިދު ވިދާޅުވީ އެންޑީއޭ އޮތީ ވަރަށް ބޮޑުވަޅުގަނޑަކަށް ވެއްޓިފައި ކަމަށާއި މިހާރު އެ ވަޅުގަނޑުން އަރައިގަނެ ހަމަ ބިމަށް ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށެވެ.
އެންޑީއޭގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކުދިން ފަރުވާ ފުރިހަމަ ކުރުމަށް ފަހު އަނބުރާ މުޖުތަމައު ނެރުމަށް ފަހު ވެސް އިތުރު ޕްރޮގްރާމްތައް އެކުދިންނަށް ހިންގަންޖެހޭ ކަމަށް ވެސް ރާޝިދު ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
