logo
MPL

MPL

ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ އައްޔަންކުރަން ރުހުންދީފި

އަޙުމަދު ރަމީޒު
25 ނޮވެމްބަރު 2026 - 08:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ އައްޔަންކުރަން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަމީރު އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވާން މެދުވެރިވީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކުރިއަށް އޮތް ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަގާމުން ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށްކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އަލީ ސަމީރުގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ.

މި މަގާމަށް ކުރިމަތިލެއްވި ދެބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރެއްވުމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ މިމަހުގެ 17 ވަނަ އެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ސަމީރުގެ ނަން، ރައީސް ޑރ މުހައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ސަމީރު އަދާކުރެއްވީ މާޗް 26، 2011 އިން އޭޕްރީލް 17، 2022 އަށެވެ.

ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަމީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީކޯޓުގެ އިސް ގާޒީ ކަމާއި، ސިވިލްކޯޓުގެ އިސް ގާޒީ ކަން ވެސް ހިމެނެ އެވެ. ސަމީރަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ހައިކޯޓުގެ ފަނޑިޔާރު ކަމުން ވަކިވެވަޑައިގަތުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުވެސް ދުވަސްކޮޅަކު ފުރުއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ އައްޔަންކުރަން ރުހުންދީފިޚަބަރު | ގަޑިއިރެއް ކުރިންސިޔާސީ ޕޯސްޓަކީ ޝަރުއީ ދާއިރާގެ މުވައްޒަފުން ވަކިކުރެވޭނެ ކުށެއް: ސުޕްރީމް ކޯޓުކޯޓް ރޫމް | 15 ގަޑިއިރު ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 'އޮނަރަބަލް' ލަގަބު ބޭނުންކުރާގޮތަށް ހަމަޖައްސައިފިކޯޓް ރޫމް | 6 ދުވަސް ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ ނަން މަޖިލީހަށްޚަބަރު | 7 ދުވަސް ކުރިން