ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަވާއިދެއް ގެޒެޓްކޮށް އަމަލުކުރަން ފަށައިފި
އައިޝަތު އިނާޝާ
25 ނޮވެމްބަރު 2026 - 14:04

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރި ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ މައްޗަށް މި ގަވާއިދު ނުހިނގާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ގަވާއިދުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމުގެ ލައިސަންސް ދޫކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ލައިސަންސް ދޫކުރެވޭނީ އެ ވިޔަފާރިއަށް ހާއްސަކޮށް އުފައްދައިފައިވާ އަދި ހަގީގީ ވެރިފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައިވާ ކުންފުނިތަކަށެވެ.
- ވިޔަފާރި ހިންގާ ފަރާތްތަކުން މަދުވެގެން 200,000 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް އޮތޯރިޓީގައި ބަހައްޓަންޖެހެ އެވެ. އަދި ހުއްދަ ދޭ އިތުރު ކޮންމެ ތަނަކަށް 100,000 ރުފިޔާ ބަހައްޓަންޖެހެ އެވެ.
- ކެޓަގަރީ-އޭ ގެ ޚިދުމަތް ދޭ ތަންތަނުގައި ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރެވޭ ގޮތަށް ކައުންޓަރު ގާއިމުކޮށް، ފައިސާ މާރުކުރާ ރޭޓު ޑިޖިޓަލް ބޯޑަކުން ފެންނަން ހުންނަ ގޮތް ހަމަޖައްސަންވެސް ޖެހެ އެވެ.
- މުއާމަލާތްތަކާ ގުޅޭ ރިކޯޑުތަކާއި ލިޔެކިޔުންތައް މަދުވެގެން 5 އަހަރު ބަހައްޓަންޖެހޭއިރު، މުއާމަލާތްތައް މޮނިޓަރކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންޖެހެ އެވެ.
- ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް 10,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. ޖޫރިމަނާ ދައްކަން އަންގާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ދައުލަތުގެ ޚިދުމަތްތައް ހިފެހެއްޓުމަށް އެންގުމުގެ އިޚުތިޔާރު ވެސް ލިބެއެވެ.
- ކުރީގެ ގަވާއިދު ގެ ދަށުން ލައިސަންސް ލިބިގެން ވިޔަފާރިކުރާ ފަރާތްތަކުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތީން މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދެންޖެހެ އެވެ. އަދި ކުރީގެ ގަވާއިދުގެ ދަށުން ޓިއަރ 1 ގެ ލައިސަންސަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކުގެ ހުށަހެޅުން މި ގަވާއިދުގެ ދަށުން ކުރިއަށްގެންދަން ނިންމާނަމަ އިތުރު އެޕްލިކޭޝަން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

-01.jpg&w=3840&q=75)
