logo
MPL

MPL

ޚަބަރު

ކޮންމެ ރަށެއްގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫޢުތަކަށް ބަޖެޓްގައި ފައިސާ ހިމެނުމަށް އިސްކަންދޭނެ: އަޒާން

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2024 - 13:09
އެންމެ މުހިންމު މަޝްރޫޢުތަކަށް ބަޖެޓްގައި ފައިސާ ހިމެނުމަށް އިސްކަންދޭނެ: އަޒާން

އަންނަ 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ އެންމެ މުހިންމު މަޝްރޫޢުތަކަށް ފައިސާ ހިމެނުމަށް އިސްކަންދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެންބަރު އަޒާން ވިދާޅުވި ގޮތުގައި، ބަޖެޓު އެކުލަވާލުމުގެ ކުރިން ކޮންމެ ރަށަކަށްވެސް އެންމެ ބޮޑަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢަކީ ކޮބައިތޯ ބެލޭނެއެވެ. އަދި ބަޖެޓުގައި ހިމެނުމަށް ބޮޑަށް އިސްކަންދެވޭނީ އެ މަޝްރޫޢެއް ހިންގަން ބޭނުންވާ ފައިސާ ހިމެނުމަށް ކަމަށް އެ މެންބަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހުރިހާ އިދާރާއަކަށްވެސް ބަޖެޓުގައި ކަނޑައަޅާނީ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސާލެވޭވަރަށް. މަޝްރޫޢުތައްވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތަކަށް ބަޖެޓު އެކުލަވާލެވޭނީ،" މެންބަރު އަޒާން ވިދާޅުވިއެވެ.

އަޒާން މިފަދައިން ވިދާޅުވެފައިވާއިރު، އަންނަ މަހުގެ ތެރޭގައި މަޖިލީހަށް ދައުލަތުގެ 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާހިދަށް ތުހުމަތުވާ ޖިންސީ ގޯނާގެ މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، އަނިޔާ ލިބުނު ފަރާތަށް އިންސާފު ލިބުމަކީ އުންމީދެއް: އަޒާންޚަބަރު | 3 ގަޑިއިރު ކުރިންމަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭގޮތަށް މީހުން ވަޒީފާތަކުގައި ތިބުން ގަބޫލެއްނުކުރެވޭ: އަޒާންޚަބަރު | 3 މަސް ކުރިންމާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފިޚަބަރު | 2 އަހަރު ކުރިންއެންމެ މުހިންމު މަޝްރޫޢުތަކަށް ބަޖެޓްގައި ފައިސާ ހިމެނުމަށް އިސްކަންދޭނެ: އަޒާންޚަބަރު | 2 އަހަރު ކުރިން