logo
Bank of Maldives

Bank of Maldives

ޚަބަރު

ފުޅާ ދާއިރާއެއްގައި ހަށިވިއްކި ބަޔަކު ޑީޕޯޓްކޮށްފި

އަޙްމަދު ޒަލީފް
27 އޮކްޓޯބަރު 2024 - 15:10
ފުޅާ ދާއިރާއެއްގައި ހަށިވިއްކި ބަޔަކު ޑީޕޯޓްކޮށްފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީއަކު ރާއްޖެ ނާދެވޭގޮތަށް ޑިޕޯޓުކޮށްލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އިތުރު 3 ބިދޭސީއަކު ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާފައެވެ.

މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ފަސް އަންހެނަކު އަދި އެއް ފިރިހެނަކު މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށާއި އަދި އަނެއް ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވަނީ ކޮން ގައުމަކަށް ނިސްބަތްވާ މީހުން ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 5 ބިދޭސީއަކުވަނީ ގެންގޮސްފައެވެ. އެގޮތުން މާލޭގައި ކުރިއަށްގެންދިޔަ ރެއިޑުގައި 3 ކެފޭއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 5 ބިދޭސީންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން ހޯދައިފިޚަބަރު | 7 ދުވަސް ކުރިންއަނބިމީހާ "ހައްޔަރުކޮށްގެން" ހަށިވިއްކުވި ބިދޭސީއަކު ހައްޔަރު ކޮށްފި!ޚަބަރު | 8 ދުވަސް ކުރިންއީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަންޚަބަރު | 21 ދުވަސް ކުރިން