logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅު ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
29 އޮކްޓޯބަރު 2024 - 05:24
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން--ފޮޓޯ/ މެންދުރު
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން--ފޮޓޯ/ މެންދުރު

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށައިފިއެވެ.

ގުރުއަތުލުން ކުރިއަށްދަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. މި ގުރުއަތުގައި މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކުގެ އިތުރުން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރި މީހުންގެ ގުރުއަތުލުންވެސް ކުރިއަށް ދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުރުއަތު ނެގުމަށް ބިން ލިބޭ ފަރާތް ފިޔަވަި އެހެން ފަރާތެއް ހާޟިރުވާން ބޭނުންނަމަ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ގެންދަން ވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ގުޅީ ފަޅުން 3520 ގޯތި ދޫކުރުން ނިންމާފައިވާއިރު މި ފަރާތުގެ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ގުރުއަތުލުމުގެ ކަންކަން ބަލަން ވަނުމުގެ އިންތިޒާމް އެ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރުމަތީގައި 6 ފަންގިފިލާގެ ވަސީލަތްތައް ފުރިހަމަ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފިޚަބަރު | 6 ދުވަސް ކުރިންސުނާމީ މައިޒާން ތަރައްގީކުރަން ފަށައިފިޚަބަރު | މަހެއް ކުރިންމާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަަހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 5 މަސް ކުރިންއަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް ހަވާލުކޮަށްފި ޚަބަރު | 5 މަސް ކުރިން