logo
Bank of Maldives

Bank of Maldives

ޚަބަރު

ބާޒާރުމަތީގައި 6 ފަންގިފިލާގެ ވަސީލަތްތައް ފުރިހަމަ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މާރިޗު 2026 - 17:43
މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި ތަރައްގީކުރާ ޒަމާނީ މާރުކޭޓު ކޮމްޕްލެކްސް، ފޮޓޯ: އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ
މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި ތަރައްގީކުރާ ޒަމާނީ މާރުކޭޓު ކޮމްޕްލެކްސް، ފޮޓޯ: އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. ޓްރަސްޓެންގ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ މާރުކޭޓު ކޮމްޕްލެކްސް ބިނާކުރަނީ މާލެ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. ޖުމްލަ 6 ފަންގިފިލާއަށް އިމާރާތްކުރާ މި ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ ތަފާތު ޚިދުމަތްތަކަށް ޚާއްޞަ ފަންގިފިލާތަކެއް ހިމެނޭ ގޮތަށެވެ.

އެގޮތުން އިމާރާތުގެ ބޭސްމަންޓް ޕާކިންގއަށް ޚާއްޞަކޮށްފައިވާއިރު، ގްރައުންޑް ފްލޯ ޚާއްޞަކޮށްފައިވަނީ މަސްމާރުކޭޓަށެވެ. އިމާރާތުގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފަންގިފިލާ ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓަށް ޚާއްޞަކޮށްފައިވާއިރު، ހަތަރުވަނަ ފަންގިފިލާގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފުޑް ކޯޓެކެވެ.

މި މަސައްކަތް ޓްރަސްޓެންގ މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ 126,359,594.94 ރުފިޔާ އަށެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު ނިމުމާއެކު، މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި މިހާރު ހިންގަމުންދާ ހުރިހާ މާރުކޭޓުތަކެއް މި އައު އިމާރާތަށް ބަދަލުކުރުމެވެ. މިއީ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، ޚިދުމަތް ހޯދާ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަމަށް އެދި 37000 ފޯމުޚަބަރު | ދުވަހެއް ކުރިންކުޑަހުވަދޫގެ އަމިއްލަ ގޯތިތަކުގައި 50 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 5 ދުވަސް ކުރިންކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފިޚަބަރު | 10 ދުވަސް ކުރިންގުޅީފަޅުން 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފިޚަބަރު | 24 ދުވަސް ކުރިން