ސިއްޙީ ޚިދުމަތް ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުވަން ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު: ސާޖިދާ
30 އޮކްޓޯބަރު 2024 - 04:22

ސިއްޙީ ޚިދުމަތާއި ތައުލީމު ކުރިއެރުވުމާއި އަންހެނުން ބާރުވެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ
އެކަމަނާ މިފަދައިން ވިދާޅުވީ މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ތަގުރީރު ކުރައްވަމުންނެވެ.މާކް ފައުންޑޭޝަނުން ކުރިއަށް ގެންދާ "މޯ ދޭން އަ މަދާ" ކެމްޕެއިން ހަރަކާތްތަކަށް ތަޢުރީފު ކުރައްވައި، އެކަމަނާ ވިދާޅުވީ، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލައަކީ އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށެވެ.

Ad by Hajj Corporation
އެގޮތުން، އެކަމާ އެއްކޮށް ވިޔަސް، އަންހެނުންނަކީ މުޖުތަމަޢު ބިނާ ކުރުމުގެ ބޮޑު ޒިންމާ 'ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.އޭގެއިތުރުން، އާސަންދައިގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް އަދުގެ ސަރުކާރުން އިސްނަގައިގެން ކުރައްވާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާ ވިދާޅުވީ، 'މޯ ދޭން އަ މަދާ' ކެމްޕެއިން ރާއްޖެއަށް ތަޢާރަފު ކުރުމަށް ބޭނުންފުޅުވާ ކަމަށާއި މި ކެމްޕެއިންގެ ސަބަބުން މުޖުތަމައުގައި ދަރިމައިވުމާ ގުޅޭ ގޮތުން ހުރި ވިސްނުން ބަދަލުވާނެ ކަމަށެވެ.
ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ކަންކަމުގެ މައްޗަށް އެކަމަނާގެ ތަގުރީރުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މަރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.


