logo
ޚަބަރު

ޓެކްސީގެ ޚިދުމަތް ދިނުމަށް، ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
30 އޮކްޓޯބަރު 2024 - 07:16
ޓެކްސީގެ ޚިދުމަތް ދިނުމަށް، ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރަނީ

މާލެ ސަރަހައްދުގެ ޓެކްސީގެ ޚިދުމަތް ދިނުމަށް، ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށް ހަވާލުކުރުމަށް ނިންމާފައިވާ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އައި ނަމަވެސް، އޭގެ ސަބަބުން އަމިއްލަ ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ. އެގޮތުން ވަޒީރު ވަނީ އެ ފަރާތްތަކަށް ގެއްލުން ނުވާނެ ކަން ފާހަގަކުރައްވައި ދެ ގޮތެއް ހުށަހަޅުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ވިދާޅުވީ، ސަރުކާރު ކުންފުނީގެ ދަށުން ހިންގާ ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށެވެ. ވަޒީފާގައި އުޅެމުން ޓެކްސީ ކުރަން ބޭނުންވާ މުވައްޒަފުންނަށް، ބާކީ 50 ޕަސެންޓް ޖާގަ ހާއްސަކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އެ ޚިދުމަތް ފަށާނީ އައު ކާރުތަކެއް ގެނެސް، އުސޫލުތަކެއް ކަނޑައަޅައިގެންނެވެ. އެގޮތުން ޑްރައިވަރުން ވަކި ޔުނީފޯމެއް ލާން ޖެހުމާއި، ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ޓެކްސީ ކުރާ ކާރުތަކުގެ 25 އިންސައްތަ އަކީ އިލެކްޓިކް ޓެކްސީތަކަށް ހެދުމާއި، ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ 100 ރުފިޔާއަށް ވުރެ ދަށް ނުކުރުމާއި،  އެ ޓެކްސީއެއްގެ މެއިންޓަނެންސާއި ޕެޓްރޯލް ސަރުކާރުން އަޅައި ދިނުމުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް މުސާރަ ދިނުން ކަނޑައެޅުން ވެސް ހިމެނެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، ސަރުކާރުން އިފްތިތާހްކުރި "މާލެ ފެހި" ޕްރޮގްރާމުގައި ހިމެނޭ ޓެކްސީ ލައިނާ ގުޅިގެން، ޓެކްސީ އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެގެ އެ ކޮމެޓީއަށް އެ ފަރާތްތައް ވެސް ވަނީ ހާޒިރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | 4 ދުވަސް ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 4 ދުވަސް ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | 4 ދުވަސް ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | 4 ދުވަސް ކުރިން