logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ދެ އެއާރޕޯޓެއްގައި ޞިއްހީ ޤާބިލްކަން އިތުރު ކުރަނީ

އަޙްމަދު ޒަލީފް
30 އޮކްޓޯބަރު 2024 - 09:20
ރާއްޖޭގެ ދެ އެއާރޕޯޓެއްގައި ޞިއްހީ ޤާބިލްކަން އިތުރު ކުރަނީ

ރާއްޖޭގެ ދެ އެއާރޕޯޓެއްގައި ޞިއްހީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

މިއާލާތްތައް ހަދިޔާކޮށްފައިވަނީ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އޮފް މައިގްރޭޝަން، އައިއޯއެމްއާ ޖަޕާން ސަރުކާރު ގުޅިގެންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އެއަރޕޯޓްތަކަކީ ގައުމަށް އެތެރެވާ މީހުންގެ ފަރާތުން އަންނަ ބަލިތައް ދެނެގަނެ އެކަންކަން ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ތަންކަމަށެވެ. ކޯވިޑް19 އިން ދަސްވެގެންދިޔަ ފިލާވަޅަކީ ސިއްޙީ ގޮތުން ދިމާވެދާނެކަމަކަށް ބޯޑަރުތައް ތައްޔާރުވެފައި އޮތުމުގެ މުހިންމުކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިއޯއެމްއާއި ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި މިއިކުއިޕްމަންޓްތަކުގެ ސަބަބުން ދިވެހިންނާއި ރާއްޖެ އެތެރެވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީވެދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ، ހަދިޔާކުރި މިއިކުއިޕްމަންޓްތަކާއެކު ރާއްޖޭގެ ބޯޑަރ ހެލްތު މެނޭޖްމަންޓަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢާއެކު އައު ޓަރމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެކަމަށެވެ. އެހެންކަމުން މިއީ ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިނުން 2,000 އަށްވުރެ ގިނަ ދަތުރުކުރަނީޚަބަރު | 18 ދުވަސް ކުރިންގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި 800 މީހުންގެ ޖާގައިގެ މިސްކިތް ކޮމްޕްލެކްސްއެއް ބިނާކުރަނީޚަބަރު | މަހެއް ކުރިންގަން އެއަރޕޯޓު ރާއްޖޭގެ ވައިގެ ސަދަން ހަބުގެ ގޮތުގައި ހަދާ، ދެކުނުގެ އަތޮޅުތަކަށް ވެސް ސީޕްލޭންގެ ހިދުމަތް ފުޅާކުރަނީޚަބަރު | 6 މަސް ކުރިންއައްޑޫ އެއާޕޯޓުގައި މެޓް އޮފީހުގެ އިމާރާތެއް ތަރައްގީކުރަން ވެމްކޯއަށްޚަބަރު | 7 މަސް ކުރިން