logo
Bank of Maldives

Bank of Maldives

ދުނިޔެ

ޕީޓީއައި އިން ޕާކިސްތާންއަށް އިންޒާރުދީފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
31 އޮކްޓޯބަރު 2024 - 04:57
 ޕީޓީއައި އިން  ޕާކިސްތާންއަށް އިންޒާރުދީފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނަށް އިހާނެތިކޮށް ހިތައިފިނަމަ މުޅި ގައުމު ހުއްޓުވާނެ ކަމަށް އިމްރާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކް ޕާޓީ (ޕީޓީއައި)އިން ބުނެފިއެވެ.

ޕީޓީއައިގެ ސީނިއާ ލީޑަރު އަލީ އަމީން ގަންޑާޕޫރު މި އިންޒާރު ފެޑެރަލް ސަރުކާރަށާއި ޕަންޖާބު ޕްރޮވިންސް ސަރުކާރަށް ވެސް ދެއްވާފައި ވަނީ ޖަލުގައި ކާބޯތަކެއްޗާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުން ފަދަ އަސާސީ ޒަރޫރީ ބޭނުންތައް އިމްރާނަށް ނުލިބޭ ކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިމްރާނަށް ކާއެއްޗެއް ނުދޭ. އޭނާ ހުންނަވާ ގޮޅީގެ ކަރަންޓް ވަނީ ކަނޑާލާފައި. މީހުންނާ ބައްދަލުކުރުމުގެ ހުއްދައެއް ނެތް. އަޅުގަނޑު މިދެނީ އިންޒާރެއް. މިކަން ކުރިއަށްދާނަމަ އަޅުގަނޑުމެން މި ރާވަނީ ޕާކިސްތާން ބަންދުކޮށް މި ސަރުކާރުން ވައްޓާލަން." އެކްސްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވިއެވެ.

ގަންޑާޕޫރުން މި ބަޔާން އާންމުކޮށްފައިވަނީ ޚާންގެ އަންހެން ކޮއްކޮ އަލީމާ އާއި އުޒްމާ ޚާން ހޯމަ އަދި އަންގާރަ ދުވަހު ޕަންޖާބުގެ ރަވަލްޕިންޑީގެ އަޑިއާލާ ޖަލުގައި ހުންނެވި އިމްރާނާ ބައްދަލުކުރި ދަނޑިވަޅެއްގައެވެ. އެމީހުން ފަހުން ވަނީ ބޭބެއާ މެދު ކަމާބެހޭ ފަރާތްތަކުން "ގޯސްކޮށް އަމަލު" ކުރާތީ ކަންބޮޑުވާ ކަމަށް ބުނެފައެވެ.

މީގެކުރިން އޮކްޓޯބަރު 15ވަނަ ދުވަހު އިމްރާންގެ ކުރީގެ އަނބިމީހާ ޖެމީމާ ގޯލްޑްސްމިތް ވެސް ވަނީ ޖަލުގައި އިމްރާނަށް އިހާނެތިކޮށް ކަންތައްކުރާ ކަމަށް ތުހުމަތުކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާލިބާނުން ނުރުހުނަސް އަފްޣާން ރައްޔިތުންނަށް އެހީ ތެރިވުމުގައި ދެމިތިބޭނަން: ޕާކިސްތާންދުނިޔެ | 7 ދުވަސް ކުރިން️މައްކާއާއި މަދީނާއަށް ހަމަލާދީފިނަމަ އިސްރާއީލަށް ނިއުކްލިއާ ބޮންއަޅާނަން: ޕާކިސްތާންދުނިޔެ | މަހެއް ކުރިންޕާކިސްތާނުގައި ފެންބޮޑުވުން: ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާ ބޮޑުވެއްޖެ ޚަބަރު | 2 މަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ 9 މީހަކު މަރުވެއްޖެ ޚަބަރު | 4 މަސް ކުރިން