logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ފަހުގެ ތާރީހެއްގައި ހުށަހެޅި އެންމެ ޑެފިސިޓް ކުޑަ ބަޖެޓް

އަޙްމަދު ޒަލީފް
31 އޮކްޓޯބަރު 2024 - 11:44
މިއީ ފަހުގެ ތާރީހެއްގައި ހުށަހެޅި އެންމެ ޑެފިސިޓް ކުޑަ ބަޖެޓް

އަންނަ އަހަރަށް ލަފާކޮށް، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ފަހުގެ ތާރީހެއްގައި ހުށަހެޅި އެންމެ ޑެފިސިޓް ކުޑަ ބަޖެޓް ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 39.7 ބިލިޔަން ރުފިޔާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށެވެ. 2025 ވަނަ އަހަރު ބަޖެޓުގައި އަހަރުގެތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެއެވެ.

މި ފިޔަވަޅުތަކާއެކު އަންނަ އަހަރުގެ ބަޖެޓަކީ ޒިންމާދާރު ބަޖެޓެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ އަމާޒަކީ މި ރާސްތާގައި ގޮސް ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރު ހަމަޖެއްސީ ސަޕްލިމަންޓަރީ ބަޖެޓަކާ ނުލާޚަބަރު | 3 ގަޑިއިރު ކުރިންމި އަހަރަކީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ފެށޭ އަހަރު: ރައީސްޚަބަރު | އަހަރެއް ކުރިން2025 ވަނަ އަހަރުގައި އިގްތުސާދީ ދުވެލި 6.4 އިންސައްތައަށް އިތުރުވާނެ.ޚަބަރު | 2 އަހަރު ކުރިންބަޖެޓް 2025: ސަބްސިޑީ އޭގެ ޙައްޤުވެރިންނަށްޚަބަރު | 2 އަހަރު ކުރިން