logo
Bank of Maldives

Bank of Maldives

ޚަބަރު

ބަޖެޓް 2025: ސަބްސިޑީ އޭގެ ޙައްޤުވެރިންނަށް

އަޙްމަދު ޒަލީފް
31 އޮކްޓޯބަރު 2024 - 11:52
ބަޖެޓް 2025: ސަބްސިޑީ އޭގެ ޙައްޤުވެރިންނަށް

ރައްޔިތުންނަށް އަސާސީ ޚިދުމަތް ދޭ ކުންފުނިތަކަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭނެ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަންޓަން ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މިއަންނަ އަހަރަށް ދައުލަތުން ވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން މިބަޖެޓުގެ ތެރެއިން އާމްދަނީ އިތުރުކުރުމަށްވުމަށް ބޮޑަށް، އިތުރުވަމުން އަންނަ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ހިމަނާފައެވެ.

މިގޮތުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ފަރުމާކުރުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނީ ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ރައްޔިތުން ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އަދި މިހާރު ސަރުކާރު ކުންފުނިތަކަށް ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި، އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ސަބްސިޑީތައް ލިބޭނެ ނިޒާމަކަށް ބަދަލުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ސަބްސިޑީ ނިޒާމު އެއްކޮށް ބަދަލުކުރުމަށް ނިންމާފައިވާއިރު، މި ފިޔަވަޅަކީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ކުރުމަށް ބާރުއަޅަމުން އައިސްފައިވާ ކަމެކެވެ. އެގޮތުން މިހާރު އޮންނަ ސަބްސިޑީ ނިޒާމުގެ ދަށުން އެންމެ ބޭނުންޖެހޭ ފަރާތްތަކަށް އޭގެ ހެޔޮ އަސަރު ނުކުރާ ކަމަށް މާލީ އިދާރާތަކުން ވިދާޅުވެއެވެ.

ވޯލްޑް ބޭންކުން ރާއްޖެއާ ބެހޭގޮތުން ދާދި ފަހުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް - ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓައިމްސް" ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި ދެވޭ ސަބްސިޑީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުވަތަ 43 އިންސައްތަ ޚަރަދު ކުރަނީ އާބާދީގެ އެންމެ މުއްސަނދި ފަރާތްތަކަށެވެ.

އެގޮތުން އާބާދީގެ އެންމެ ތަނަވަސްކަން ލިބިފައިވާ 40 އިންސައްތައަށް މި ސަބްސިޑީތަކުގެ ފައިދާ ލިބޭކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓުގެ 4.1 އިންސައްތަ ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރު ހަމަޖެއްސީ ސަޕްލިމަންޓަރީ ބަޖެޓަކާ ނުލާޚަބަރު | 3 ގަޑިއިރު ކުރިންމި އަހަރަކީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ފެށޭ އަހަރު: ރައީސްޚަބަރު | އަހަރެއް ކުރިން2025 ވަނަ އަހަރުގައި އިގްތުސާދީ ދުވެލި 6.4 އިންސައްތައަށް އިތުރުވާނެ.ޚަބަރު | 2 އަހަރު ކުރިންބަޖެޓް 2025: ސަބްސިޑީ އޭގެ ޙައްޤުވެރިންނަށްޚަބަރު | 2 އަހަރު ކުރިން