logo
ޚަބަރު

މިހާރު ގާނޫނުގައި އޮތީ ކޮރަޕްޝަނުގެ ވާހަކަ ދައްކާފައި ދައުވާ ނުކުރެވޭ ގޮތައް: އިހުސާން

އާމިނަތު ޝަފާ
1 ނޮވެމްބަރު 2024 - 04:53
މިހާރު ގާނޫނުގައި އޮތީ ކޮރަޕްޝަނުގެ ވާހަކަ ދައްކާފައި ދައުވާ ނުކުރެވޭ ގޮތައް: އިހުސާން

މިހާރު ގާނުނޫގައި އޮތީ  ކޮރަޕްޝަނާއި ނުޙައްޤު މުއްސަދިކަމުގެ ވާހަކަ ދެއްކުމަށްފަހު އެއްވެސް މީހަކަށް ދައުވާ ނުކުރެވޭނެގޮތަށްކަމަށް ދާހިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުޙައްޤު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް މިފެށޭ ހަފުތާގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މިހާރުއޮތް ޤާނޫނުގައި މި މާއްދާ ލިޔެފަ އޮތީ މިވާހަކަ ގަދަޔަށް ދެއްކިނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށްކަމަށެވެ. އަދި ދައުވާކޮށްފިނަމަ ސާބިތު ނުވާގޮތަކަށް ކަމަށާއި އަދި މި މާއްދާ ލިޔެވިފައިވަނީ ކަންކުރުމުގެ ނިޔަތް ނެތި ކަމަށެވެ. ރައީސް ޑރ. މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތްތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި އަޒުމް ފެންނަ އިސްލާހެއްގެ ގޮތުގައި ވަޒީރުވަނީ ސިފަކުރައްވާފައެވެ.

ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 515 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާ ގޮތާއި ކުށުގެ ދަރަޖަކުރުމެވެ.

ހަޤީޤީ މާނައިގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް، ތަފާތު މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަކުރާރުކޮށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު މަޝްރޫޢަށް 4 ފަރާތެއްގެ ޝަޢުގުވެރިކަންޚަބަރު | 3 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 4 މަސް ކުރިންއިހުސާންގެ އިތުބާރު ނެތް މައްސަލަ މަޖިލީހުން ފާހެއް ނުވިޚަބަރު | 7 މަސް ކުރިންއިހްސާން: ނަތީޖާ ނެރެދިނުމުގައި ތާރީޚް ބަދަލުކޮށްލި ވަޒީރެއްރިޕޯޓް | 8 މަސް ކުރިން