logo
MPL

MPL

ޚަބަރު

އެމްއެމްސީގެ ރައީސް މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ނޮވެމްބަރު 2024 - 15:30
އެމްއެމްސީގެ ރައީސް މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން, މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާގެ ވަޒީފާ އަނބުރާ އިޔާދަކޮށްފިއެވެ.

އެމްއެމްސީގެ ރައީސް މުސްތަފާގެ ވަޒީފާ އަނބުރާ އިޔާދަކުރުމަށް ނިންމާފައިވަނީ ޕީއެސްއެމްގެ ބޯޑުގެ ބައްދަލުވުމެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުސްތަފާ މަގާމުން ދުރުކުރީ މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވް ކަވަރޭޖުގައި ޕީއެސްއެމްގެ ކޮންޓެންޓާއި ޚިލާފް ވީޑިއޯއެއް ދެއްކުމުގައި މީޑިއާ ކައުންސިލްގެ ނުރަނގަޅު ނިޔަތް އޮތުމުން އެކަމާއި ގުޅިގެންނެވެ.

ވަޒީފާއިން ވަކިކުރުމުން މުސްތަފާ ވަނީ އެކަން ހިނގާދިޔަގޮތާއި އެކަމުގައި އޭނާގެ ދައުރު އޮތްގޮތް ސާފުކޮށް ދިނުމަށް ޕީއެސްއެމްގެ ބޯޑަށް ހުށަހެޅުމެއް ހުށަހަޅައި، ބޯޑުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިފައެވެ.

މި ހުށަހެޅުމާއި ގުޅިގެން ޕީއެސްއެމްގެ ބޯޑުން ވަނީ އިންސާފުވެރި ނިންމުމެއް ނިންމައި މުސްތަފާގެ ވަޒީފާ އިޔާދަކޮށްފައެވެ.

މުސަތަފާ އަކީ އެ ކުންފުނީގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެޚަބަރު | 19 ދުވަސް ކުރިންވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭޚަބަރު | މަހެއް ކުރިންބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7 ގެ ތަރިއަކީ ޝަހާމާޚަބަރު | 3 މަސް ކުރިންއައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދުޚަބަރު | 6 މަސް ކުރިން