logo
Bank of Maldives

Bank of Maldives

ޚަބަރު

ވީޑިއޯ ދެއްކުމުގައި އިންތިޒާމު ކުރި މެމްބަރުން ޒިންމާވާންޖެހޭނެ: މުސްތަފާ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ނޮވެމްބަރު 2024 - 04:03
ވީޑިއޯ ދެއްކުމުގައި އިންތިޒާމު ކުރި މެމްބަރުން ޒިންމާވާންޖެހޭނެ: މުސްތަފާ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ (އެމްއެމްސީ)ގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކި ވީޑިއޯއާ ގުޅިގެން އިންތިޒާމު ކުރި މެމްބަރުން ޒިންމާވާންޖެހޭނެ ކަމަށް އެ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވެފައިވަނީ، 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި އޭނާއާ މެދު ކައުންސިލް މެމްބަރު ނިޝާން ޢަލީ މީސްމީޑިއާގައި ކޮށްފައިވާ ސީރިއަސް ތުހުމަތުތަކަކީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުސްތަފާ އިތުރަށް ވިދާޅުވެފައިވަނީ، އެވޯޑްގެ ކަންކަމުގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަން ކައުންސިލް މެމްބަރުންނަށާއި، އެމްއެމްސީގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި މިއީ ނޫސްވެރިކަމުގެ އެވޯޑު ދޭން ފެށުނީއްސުރެ ކަން ހިނގަމުންއައި ގޮތްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެވޯޑުގެ އެންމެހާ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މެމްބަރު ޢަލީ ނިޝާނާއި، އިނާމް ކޮމެޓީގެ ނައިބު މުގައްރިރުގެ ބެލުމުގެ ދަށުންކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެވޯޑު ހަފުލާގައި ދެއްކީ އެ ހަފްލާ ލައިވްކުރި ޕީއެސްއެމްގެ އެޑިޓޯރިއަލްއާއި ކޮންޓެންޓެއް ޚިލާފް އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑާއި ޚިލާފް ވީޑިއޯއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުސްތަފާ ވިދާޅުވެފައިވަނީ، މި ވީޑިއޯ ދައްކާފައި ވަނީ އޭނާއަށާއި، ހަފްލާ ލައިވްކުރި ޕީއެސްއެމްއަށް ވެސް ނޭނގި ގަސްތުގައި ކަމަށެވެ. އަދި މިއީ އެވޯޑްގެ ކަންކަން އިންތިޒާމުކުރި ކައުންސިލް މެމްބަރުންގެ ޒިންމާ އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން ކައުންސިލް ރައީސްގެ ހައިސިއްޔަތުން، މެމްބަރު އަލީ ނިޝާން އަޅުގަނޑަށްކޮށްފައިވާ ދޮގު އިލްޒާމަކީ ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށާއި، މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" މުސްތަފާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިކަމުގެ އިނާމަށް 92 ފަރާތަކުން މި އަހަރު ހުށަހަޅައިފިޚަބަރު | މަހެއް ކުރިންމީޑިއާ ކައުންސިލަށް މުޒައްޔިން، ލީވާން އަދި ވަޖުދާ އިންތިހާބުކޮށްފިޚަބަރު | 3 މަސް ކުރިންއެމްއެމްސީގެ އިންތިޚާބު ބާއްވައިފިޚަބަރު | 9 މަސް ކުރިންމީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން - ރައީސްޚަބަރު | 10 މަސް ކުރިން