logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކައުންސިލަށް މުޒައްޔިން، ލީވާން އަދި ވަޖުދާ އިންތިހާބުކޮށްފި

ޝަހްޒާ މުހައްމަދު
21 ޖޫން 2025 - 09:35
މީޑިއާ ކައުންސިލަށް މުޒައްޔިން، ލީވާން އަދި ވަޖުދާ އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ 3 މެމްބަރުންގެ މަގާމަށް މިއަދު މެމްބަރުން އިންތިހާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުން ހޮވުމަށް އިންތިހާބު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައެވެ. އިންތިހާބު ކާމިޔާބުކޮށްފައިވަނީ، އަދަދު ނޫހުން ވާދަކުރި ލީވާން އަލީ ނަސީރު، ދައުރު ނޫހުން ވާދަކުރި މުހައްމަދު މުޒައްޔިން އަދި އާންމު މެމްބަރުގެ މަގާމަށް ވާދަކުރި ލ.ގަން ތުނޑި ލިންކު ހައްވާ ވަޖުދާއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އިންތިހާބުގައި މުޒައްޔިނަށް 50 ވޯޓު ލިބުނުއިރު، ލީވާންއަށް 48 ވޯޓު ލިބުނެވެ. އިންތިހާބުގައި އާންމު މެމްބަރެއްގެ ގޮތުގައި ވާދަކުރި ވަޖުދާއަށް ލިބުނީ 38 ވޯޓެވެ. މިއަދު ބޭއްވި އިންތިހާބުގައި 53 މީޑިއާއަކުން ވަނީ ވޯޓުލާފައެވެ. އިންތިހާބުގައި މީޑިއާއިން 3 މެމްބަރުން ކުރިމަތިލިއެވެ. އަދި އާންމު  މެމްބަރުންގެ ގޮތުގައި 6 މީހަކު ވަނީ ކުރިމަތިލާފައެވެ.

މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކަށް ނިސްބަތްވާ އަށް ނޫސްވެރިންނާއި އަމިއްލަ ގޮތުން ހޮވާ ހަތް މެންބަރުންނެވެ. އެ ކައުންސިލްގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސްވެރިކަމުގެ އިނާމަށް 92 ފަރާތަކުން މި އަހަރު ހުށަހަޅައިފިޚަބަރު | މަހެއް ކުރިންމީޑިއާ ކައުންސިލަށް މުޒައްޔިން، ލީވާން އަދި ވަޖުދާ އިންތިހާބުކޮށްފިޚަބަރު | 3 މަސް ކުރިންއެމްއެމްސީގެ އިންތިޚާބު ބާއްވައިފިޚަބަރު | 9 މަސް ކުރިންމީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން - ރައީސްޚަބަރު | 10 މަސް ކުރިން