ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
3 ނޮވެމްބަރު 2024 - 04:30

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނަޞްރުގެ ދުވަހާއި ގުޅިގެން އެދުވަހު ދިވެހިން ދެއްކި ހިތްވަރާ އަޒުމް ދޭހަވާ ޅެން ބައިތުތައް ހިއްސާކުރައްވާފައެވެ. ރައީސް ހިއްސާ ކުރައްވާފައިވާ ބައިތުތަކުގައި، ދިވެހި އުއްމަތުގެ ހައްޤުގައްޔާއި ދިވެހި ދިދަ ހިމާޔަތް ކުރުމަށް ދިވެހިން އަތުގުޅާލާ ނިކުތްކަން ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation
ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށް، ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން 3 ނޮވެމްބަރ 1988ގައި ދިން ޢުދުވާނީ ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި މަދަނީ 11 ބޭކަލުން ޝަހީދުވިއިރު، ދިވެހި ސިފައިންގެ 8 ބޭކަލަކު ވަނީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވެފައެވެ.
ނަސްރުގެ 36 ވަނަ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރައީސް މުއިއްޒުގެ މެސެޖަކީ ގައުމުގެ ސަލާމަތާއި ސިޔާދަތަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީގެ ހަނދާންތައް އާކޮށްދޭ މެސެޖެކެވެ.


