ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޫސާ ޢަލީ ޖަލީލަށް އަރުވައިފި
4 ނޮވެމްބަރު 2024 - 05:02

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އަރުވައިފިއެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
"ނިށާން އަސްކަރީގެ ވެރިކަން" (ނ.އ.ވ) މިއީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ސިފައިން ކުރާ ހިދުމަތަށާއި، ގައުމެއްގެއިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ މުހިންމު ހިދުމަތްތަކެއް ކޮށްފައިވާ މީހުންނަށާއި، ބައިނަލްއަގްވާމީ ފެންވަރެއްގައި އަސްކަރީގޮތުން ވިޔަސް، ހިދުމަތްކޮށްފައިވާ މީހުންނަށް ދެވޭ އިއްޒަތެކެވެ. އަދި ސިިފައިންގެ ހިދުމަތުގައި ތިމާގެ ހަށިގަނޑާއި ފުރާނައިން ގުރުބާންވެފައިވާ ޝަހީދުންނަށާއި، އެމީހެއްގެ ޖިހާދުގައި ލާމަސީލު ނަމޫނާއެއް ދައްކައިދީފައިވާ ސިފައިންގެ މީހަކަށްވެސް މިއިއްޒަތް ދެވިދާނެއެވެ.

Ad by Hajj Corporation
ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މީގެ ކުރިން އެމަނިކުފާނަށްވަނަށް ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ވަނީ ދެއްވާފައެވެ. ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހަރުދަނާ ގޮތުގައި ބިނާކުރެއްވުމަށް، މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ހަތިޔާރާ އެކު ޓެރަރިސްޓުންގެ ބަޔަކު ނޮވެމްބަރު 3، 1988 ގައި ހަމަލާދިން އިރު ޖަލީލު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ޓާސްކް ފޯހުގެ ކޮމާންޑަރަކަށެވެ.
އެ ދުވަހު ސިފައިންގެ ތެރޭގައި އޭނާ ވަނީ އަމިއްލަ އިސްނެންގެވުމަށް މުހިންމު އެތައް ކަމެއް ކުރައްވައި ސިފައިންގެ ސަފުތައް ރޫޅުނަ ނުދީ ހިފަހައްޓަވައިފަ އެވެ. އަދި އޭނާ އަކީ އެ ދުވަހު ދުޝްމަނުން ހަމަލާ ދެމުން ދަނިކޮށް ސިފައިންގެ ތެރެއިން ބޭރަށް ނުކުމެ ދުޝްމަނުން ސިއްސުވާލައި ފަހަތަށް ޖެއްސުމުގައި އެންމެ އިސްކޮށް ހުންނެވި ކޮމާންޑަރެވެ.


