logo
Bank of Maldives

Bank of Maldives

ޚަބަރު

އުދުވާނީ ހަމަލާއަށް 36 އަހަރު: ޚާއިނުން މިނިވަންކަން މަތީގައި

މެންދުރު ޓީމް
3 ނޮވެމްބަރު 2024 - 10:19
އުދުވާނީ ހަމަލާއަށް 36 އަހަރު: ޚާއިނުން މިނިވަންކަން މަތީގައި

ސްރީލަންކާގެ ވަކިވެގަތުމަށް މަސައްކަތްކުރި ތަމަޅައިންގެ ހަތިޔާރު އެޅި ގްރޫޕެއްކަމަށްވާ ޕްލޯޓްގެ އެހީއާ އެކު ނޮވެމްބަރު 3، 1988 ގައި މާލެ އަށް ހަތިޔާރާ އެކު އަރައި ދިވެހިންގެ އެތައް ބަޔަކު ޝަހީދުކޮށްލި އުދުވާނަށް މިއަދު 36 އަހަރު ފުރުނީއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހުގެ އިރު އަރައިގެން އައީ ބަޑީގެ އަޑުފަށްގަނޑާއެކުގައެވެ. މުޅި މާލެއަށް ސިހުން ގެނުވި މި ހަމަަލާތަކުގެ ފުރަތަމަ ރައްދު ހަމަލާ ދިނީ މިއަދު ގެ ބަތަލު އެވަގުތު ސިފައިންގޭގެ އެއް ސެގަރުގައި ފޯރިމަރަން ހުންނެވި ޝަހީދު ހުސައިން އާދަމްއެވެ. މި ހަމަލާ ދެވެނީ ކޮން ގައުމެއްގެ ކޮން ބަޔަކާކަމެއްވެސް ނޭނގޭ ހާލު ހުސައިން އާދަމްއާއި ދިވެހި ސިފައިން ދިޔައީ ރައްދު ހަމަލާ ވަރުގަދަކުރަމުންނެވެ. ސިފައިންގެ އޮތީ ފާޑަކަށް ހިސާރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަމަލާގެ ފަހަތުގައި ހުރީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރެވެ. އެއީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ. އެ ދެމީހުންވެސް އެދުވަހު ތަމަޅައިންނާއެކު ބޮޑާކަމާއި ކިބުރުވެރިކަމުގައި މާލޭގެ މަގުތަކުގައި އުޅުނުތަން ދުށް މީހުން މިއަދުވެސް އެބަތިއްބެވެ. ވުމާއެކު އެ ދެމީހުން ހައްޔަރުކޮށްގެން މާލެ ގެނައުމާއެކު ގައުމާއި ދީނުގެ ދިފާއުގައި އެމީހުން އެތަނުން ތަނަށް މަރައި ކަފުންކުރަން އަޒުމު ކަނޑައެޅި މީހުންވެސް މިއަދު ދުނިޔޭގައި އެބަތިއްބެވެ.

ކިތަންމެ ވަރަކަށް ތާރީހު ބަދަލުކުރަން އުޅުނަސް މިއަދުގެ އުދުވާނީ ހަމަލާގައި އެ ދެމީހުންގެ ބައިވެރިވުން އެއްވެސް ދިވެއްސަކަށް އޮޅިފައެއްވެސް ނޯންނާނެއެވެ.

އަބްދުﷲ ލުތުފީއަކީ ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ގަދަބާރުން ބަދަލުކުރަން ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ މީހުން ރާއްޖެ ގެނެސް، 3 ނޮވެމްބަރު 1988ގައި، ސިފައިންނާ ހަނގުރާމަކުރުމުގެ މޭސްތިރި އެވެ. އެ ހަމަލާގެ ކުށުގައި އޭރުގެ ހައި ކޯޓުން އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް މައުމޫން މައާފުކޮށްދެއްވުމުން 27 ނޮވެމްބަރު 2023އާ ޖެހެންދެން އޭނާ ހުރީ ޖަލުގަ އެވެ. ނުވަތަ ފިލައިގެން އުޅުނީ ސްރީ ލަންކާގަ އެވެ.

ހުކުމް ތަންފީޒުކޮށް ނިމެން ހަތަރު އަހަރަށް ވެފައި އޮއްވައި އޭނާ ބޭސްފަރުވާއަށް 2010 ވަނަ އަހަރު އިންޑިއާއަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނެވެ. ފިލައިގެން ނޫޅުނު ނަމަ 2014 ގައި ލުތުފީ މިނިވަން ވާނެ އެވެ. ފިލައިގެން އުޅުނު މުއްދަތު އެއީ ތަންފީޒު ނުކުރާ މުއްދަތު ކަމަށް ބަލަން ޖެހޭތީ އެ މުއްދަތަށް ބަންދުގައި ބެހެއްޓުމުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ޖޫން މަހު ވަނީ ހަމަވެފައެވެ.

ލުތުފީއާއެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރު ވެސް މިނިވަންވިތާ އެތައް އަހަރެއް ވެއްޖެ އެވެ.

ޕްލޯޓުން އެ ޖަމާއަތުގެ ބާރު ގަދަކުރުމުގެ ވިސްނުމާ އެކު ލުތުފީގެ ބަހަށް ނޮވެމްބަރު 3، 1988 ގައި މާލެ އަރައި 19 ދިވެއްސަކު ޝަހީދުކޮށްލި އަނިޔާވެރި އުދުވާނަށް ފަހު ޕްލޯޓްގެ ބާރު މާ އަވަހަށް ކެނޑި ނިމުން އައީ އެވެ.

އެ ހިތާމަވެރި ދުވަހުގެ ހަނދާންތައް ގިނަ ބަޔަކަށް އަދިވެސް ފެންނަން ހުރިއިރު، އެ ވޭން އަދިވެސް ފިލައިނުދެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތައް އަދިވެސް ނުހަނުހިތާމައާއި ކުރިމަތިލާން ޖެހިފައިވާއިރު، މީ 19 މީހެއްގެ ލޭ އޮހޮރުވާލައި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވި ހަމަލާގެ ޒިންމާ ނަގަން ޖެހޭ އެއްވެސް މީހަކު ޖަލުގައި ނެތި، އެ ދުވަސް ފާހަގަކުރާ ފުރަތަމަ އަހަރެވެ.

މި ހަމަލާގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ދެކޭ ގޮތް ފުނޑުފުނޑުވެ، މީގެ ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ ބިރުވެރިކަމެއް އުފެދުނެވެ. އޭގެ ތެރެއިން ދިރިއުޅުނު މީހުންނަށް ބަޑީގެ އަޑާއި މަރުގެ މަންޒަރު އެމީހުންގެ ހަނދާންތަކުގައި ހަރުލާފައި ވަނީ ދިރިއުޅުމުގެ ނާޒުކުކަން ހަނދާންކޮށްދޭ ވޭންދެނިވި ހަނދާނެއްގެ ގޮތުގަ އެވެ.

މި މަތިވެރި އަހަރީ ދުވަސް މުޅި ޤައުމަށް ފާހަގަކުރަމުންދާއިރު، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ގޮވާލާ ގޮވާލުން އަދިވެސް ވަނީ ގަދަވެފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޒިންމާވާން ޖެހޭ މީހުން އެމީހުންގެ އަމަލުތަކުގެ ނަތީޖާ އާ ކުރިމަތިލާން ޖެހޭނީ ހަމައެކަނި އެކަންޏެއް ނޫނެވެ. ޖަވާބުދާރީ ނުވުމުގެ ސަބަބުން ގާނޫނީ ނިޒާމާއި އެ ހަމަލާގެ ސަބަބުން ގައުމީ ވިސްނުމަށް ކުރާ ދާއިމީ އަސަރާ މެދު ސުވާލު އުފެދެ އެވެ.

މިދުވަސް ފާއިތުވަމުން ދާއިރު، ގެއްލުނު ފުރާނައާއި މިނިވަންކަމުގެ ދިފާޢުގައި ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކުރުމަށް އިލްތިމާސްކޮށް، ކެތްތެރިކަމާއި، ހަނދާންކުރުމުގެ ހެއްކެއްގެ ގޮތުގައި މިދުވަސް ފެންނަން އެބަހުއްޓެވެ.

މި ހަމަލާގައި ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވީއެވެ.

ލުތުފީއާއި އޭނާގެ ބައިވެރިން މިއަދު ތިބީ މިނިވަނުންގެ ގޮތުގައެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ ޚާއިނުން މިނިވަނުންގެ ގޮތުގައި ތިއްބައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ޙާލެއްގައިވެސް ވިސްނަންވީ ޤައުމާ އެއްކޮޅަށް: ރައީސް ޚަބަރު | 19 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުންގެ ފަރާތުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާ!ޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދެނީ ޚަބަރު | 7 މަސް ކުރިން އެންއެސްއެސް ދިފާއު ކުރީ ދިވެހި ސިފައިން : ޑީޑީޚަބަރު | އަހަރެއް ކުރިން