logo
Bank of Maldives

Bank of Maldives

ޚަބަރު

ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދެނީ

އަޙްމަދު ޒަލީފް
19 މާރިޗު 2025 - 14:03
ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދެނީ

03 ނޮވެންބަރ 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުން ނިންމަވާ، އެކަމުގެ އުޞޫލު ދިފާޢީ ވުޒާރާއިން އާންމުކުރައްވައިފިއެވެ.

މި ފަރާތްތަކަށް އިނާއަތްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިކަމާގުޅިގެން ދިފާޢީ ވުޒާރާއިން މިއަދު އާންމުކުރެއްވި އުޞޫލުގައިވާގޮތުން ނޮވެމްބަރު 3 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ޚިދުމަތް ފާހަގަކޮށް އިނާޔަތް ދެވޭނީ އެ ޝަހީދުންގެ ޢާއިލާތަކަށެވެ. އަދި ޝަހީދުވި މީހާގެ ޢާއިލާކަމުގައި ބަލާނީ މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާއެވެ. މި އުޞޫލުގައިވާގޮތުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ ޢާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9000 ރުފިޔާ ދެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

l_2024_11_03_021741_vpfiw6klem3xo9cqhga8td7y42u15szrnjb_EN_.jpg

---

މި އުޞޫލުގެ ދަށުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތްތަކުގެ ތަފްޞީލުވެސް ވަނީ ހިމަނާފައެވެ.

މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ.

މި އުޞޫލުގައިވާގޮތުން 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދެވޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކަށް ކަމުގައިވާތީ، މި އިނާޔަތް ލިބެމުންދާ ފަރާތެއް މަރުވެއްޖެނަމަ ޢިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެއެވެ. އަދި މި އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެނަމަ، އެކަން 1 މަސްދުވަހުގެ ތެރޭގައި ދިފާޢީ ވުޒާރާއަށް އެ ފަރާތެއްގެ ޢާއިލާއިން އަންގަންވާނެކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ޙާލެއްގައިވެސް ވިސްނަންވީ ޤައުމާ އެއްކޮޅަށް: ރައީސް ޚަބަރު | 19 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުންގެ ފަރާތުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާ!ޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދެނީ ޚަބަރު | 7 މަސް ކުރިން އެންއެސްއެސް ދިފާއު ކުރީ ދިވެހި ސިފައިން : ޑީޑީޚަބަރު | އަހަރެއް ކުރިން