logo
Bank of Maldives

Bank of Maldives

ޚަބަރު

ނަސްރުގެ ދުވަހުގެ ފެށުމުގެ ހަރަކާތްތަކުގައި ރައީސަކު ބައިވެރިވި ފުރަތަމަ ފަހަރު

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
3 ނޮވެމްބަރު 2024 - 11:50
ނަސްރުގެ ދުވަހުގެ ފެށުމުގެ ހަރަކާތްތަކުގައި ރައީސަކު ބައިވެރިވި ފުރަތަމަ ފަހަރު

މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހަކީ ދުވަހުގެ ފެށުމުގެ ހަރަކާތްތަކުގައި ރައީސަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިޔާ ޑޮކްޓަރް މުހަންމަދު މުއިއްޒު ވަނީ މި ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސިފައިންގެ އިސްވެރިންގެ އަރިހުގައި ފަތިސް ނަމާދުގައި ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

‏ ރައީސް އާއި ނައިބު ރައީސގެ އިތުރުން ދަޢުލަތުގެ އިސްވެރިން ފަތިސްނަމާދުގެ ޖަމާޢަތުގައި ދިވެހި އަސްކަރީންނާއެކު ބައިވެވަޑައިގެންފައިވާއިރު އިމާމްވެ ނަމާދުކުރެއްވީ ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމެވެ.

މީގެއިތުރުން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނަޞްރުގެ ދުވަހާއި ގުޅިގެން އެދުވަހު ދިވެހިން ދެއްކި ހިތްވަރާ އަޒުމް ދޭހަވާ ޅެން ބައިތުތައް ހިއްސާކުރައްވާފައެވެ. ރައީސް ހިއްސާ ކުރައްވާފައިވާ ބައިތުތަކުގައި، ދިވެހި އުއްމަތުގެ ހައްޤުގައްޔާއި ދިވެހި ދިދަ ހިމާޔަތް ކުރުމަށް ދިވެހިން އަތުގުޅާލާ ނިކުތްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ހަމަ މިއާއެކު މިއަދު ހެނދުނު އޮތް ޚާއްސަ ރަސްމިއްޔާތަކާ އެކު ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒުވެސް ހުޅުވައިދެއްވީ ރައީސްއެވެ.

ރައީސް މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެންނަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ކުރިޔަށްދިޔަ އަސްކަރީ ހުށައެޅުމުގައިވެސް ރައީސް ބައިވެރި ވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމަށް ތަކެއްޗަށްވުރެ މުހިންމީ ސިކުނޑި"ޚަބަރު | ދުވަހެއް ކުރިންމި މޫނުތައް ހަނދާނުގައި ބަހައްޓައްޗެވެ، އެ ދިން އަނިޔާތައް ހިތުން ފޮހެ ނުލައްޗެވެ!ރިޕޯޓް | 2 ދުވަސް ކުރިންނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޫސާ ޢަލީ ޖަލީލަށް އަރުވައިފިޚަބަރު | އަހަރެއް ކުރިންޝަހީދުންގެ ޢާއިލާތަކަށް ދާއިމީ އިނާޔަތާއި ބޯހިޔާވަހިކަން ހަމަޖައްސަނީޚަބަރު | އަހަރެއް ކުރިން