އެންއެސްއެސް ދިފާއު ކުރީ ދިވެހި ސިފައިން : ޑީޑީ
3 ނޮވެމްބަރު 2024 - 12:17

1998 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިން ހަމަލާގައި ދިވެހި ސިފައިންގެ މައި މަރުކަޒު- އެންއެސްއެސް ދިފާއުކުރީ ދިވެހި ސިފައިންކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހު މެންދުރު ޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި އިބްރާހިމް މުހައްމަދު ދީދީ ވަނީ އެންއެސްއެސް ދިފާއުކޮށް ސަލާމަތްކުރީ ހަމައެކަނި ދިވެހި ސިފައިންކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
"އިންޑިޔާ ސިފައިން އެދުވަހު މިލިޓްރީ ގޮތުން ކޮށްދެއްވި ކަމަކީ ޕްރޮގްރެސް ލަައިޓް ހުއްޓުވާ އޭގެ ތިބި ދިވެހިންގެ ތެރެއިން އަވަހާރަވި ބޭފުޅުން ފިޔަވާ ދެން ތިބި ބޭފުޅުން ސަލާމަތް ކޮއްދެއްވުމާ ތަމަޅާން ހައްޔަރު ކޮށްދެއްވުން.އޭރުގެ ދިވެހިރާއްޖޭ އެންއެސްއެސްގެ ހެޑްްކުުއަރޓަރސް ސަލާމާތް ކުރަން އިންޑިޔާ ސިފައިން އެވެސް ކަމެއް ކުރައްވާކަށް ނުޖެހޭ"
އެދުވަހު ހުރިހާ ކަމެއްކުރީ އިންޑިއާ ސިފައިންކަން ދޭހަވާ މޭރުމަކުން ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ އެދުވަހު ދިވެހި ގައުމުގެ ދިފާއުގައި އެންމެ ވަޒަނެއްވެސް އިންޑިއާ ސިފައިން ޖަހާކަށް ނުޖެހުނުކަމަށާއި ، ދިވެހި ސިފައިން ކަމެއް ނުކުރާކަމަށް ބުނަނީ ރަނގަޅަށް މަޢުލޫމާތު ނޭނގި ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީޑީގެ މި ވާހަކަފުޅުން އެނގިގެންދަނީ، އެ ދުވަހު އެންއެސްއެސް ސަލާމަތްކުރުމުގައި ދިވެހި ސިފައިންގެ މުހިންމު ދައުރެއް އަދާކޮށްފައިވާކަމާއި، އެކަމުގައި އިންޑިއާ ސިފައިންގެ ބައިވެރިވުން ވަރަށް ކުޑަކަންކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
ބްރިގޭޑިއަރ ޖެނެރަލް ދީދީގެ މި ބަސްފުޅުތަކުން، ދިވެހި ސިފައިންގެ ޤައުމީ ފަޚުރާއި ޤާބިލުކަން އިތުރަށް ހާމަވެގެންދެއެވެ. އަދި މިއީ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންގެ ގާބިލުކަން ދޭހަވާކަމެއްކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

-01.jpg&w=3840&q=75)
