logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ ޖިހާދަށް ތާއީދުކުރުމަށް ގޮވާލައްވައިފި

އާމިނަތު ޝަފާ
3 ނޮވެމްބަރު 2024 - 16:00
ފަލަސްތީނުގެ  ރައްޔިތުން ކުރަމުން އަންނަ ޖިހާދަށް ތާއީދުކުރުމަށް ގޮވާލައްވައިފި

ނަސްރުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ފަލަސްތީނުގެ ރައްޔިތުން ހައްގު ހޯދުމަށް ކުރަމުން އަންނަ ޖިހާދަށް ދިވެހި ސަރުކާރާއި ރައްޔިތުން ފުރިހަމައަށް ތާއީދުކުރައްވަންޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މައުމޫނު ވަނީ ފަލަސްތީނުގެ އަދުގެ ހާލަތަށް އަލިއަޅުވާލައްވައި ދިވެހިން ފަލަސްތީނުގެ މުސްލިމުންނާ އެކު ދެމި ތިބުމަށް ގޮވާލައްވާފައެވެ.

"އިސްލާމީ ތާރީހުގައި މުހިންމު ސަރަހައްދެއްކަމަށް ވާ ފަލަސްތީނާއި ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އުދުވާންތައް އަޅުގަނޑުމެން ކުށްވެރިކުރަންޖެހޭ. ފަލަސްތީނު ރައްޔިތުން ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެއްބާރުލުން ދޭންޖެހޭ."

އިތުރަށް ރައީސް މައުމޫނު ވަނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ކަންކަން ބަދަލުވަމުން އައި ނަމަވެސް އަދި އަލަށް ގާނުނުތަކާއި ގަވާއިދުތައް އެކުލަވާލެވުނު ނަމަވެސް އަދި މީގެ އިތުރުން ސިޔާސީ ޕާޓީތައް ދިވެހިންގެ ތެރޭގައި އޮތްނަމަވެސް ދިވެހިންގެ އެއްބައިވަންތަކަން ދަމަހައްޓަންޖެހޭކަމަށް ވިދާޅުވެފައެވެ. ގައުމީ ކަންކަމަށް ސީޔާސީ ކަންކަމަށްވުރެ އިސްކަންދޭންޖެހޭނެކަމަށް ވިދާޅުވެ ރައީސް މައުމޫންވަނީ އެދުވަހުވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެންދިޔަކަން ފާހަގަކުރައްވާފައެވެ.

"ރާއްޖެއަށް ހަމަލާދިން އެއްވެސް ދިވެއްސަކަށް ކުޑަވެސް އެހީތެރިކަމެއް އެދުވަހަކު ނުލިބުނު".

ރައީސް މައުމޫނުގެ ވާހަކަފުޅުގައި އެދުވަހުގެ ހަނދާންތައް އައުކުރައްވައި އެދުވަހު ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ފަންވަރާއި އަދި އަވަށްޓެރި ގައުމުތަކުން ދެއްވި އެހީއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމަށް ތަކެއްޗަށްވުރެ މުހިންމީ ސިކުނޑި"ޚަބަރު | ދުވަހެއް ކުރިންމި މޫނުތައް ހަނދާނުގައި ބަހައްޓައްޗެވެ، އެ ދިން އަނިޔާތައް ހިތުން ފޮހެ ނުލައްޗެވެ!ރިޕޯޓް | 2 ދުވަސް ކުރިންނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޫސާ ޢަލީ ޖަލީލަށް އަރުވައިފިޚަބަރު | އަހަރެއް ކުރިންޝަހީދުންގެ ޢާއިލާތަކަށް ދާއިމީ އިނާޔަތާއި ބޯހިޔާވަހިކަން ހަމަޖައްސަނީޚަބަރު | އަހަރެއް ކުރިން