logo
ޚަބަރު

ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ފަތްކޮޅު އަރުވައިފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
29 އޯގަސްޓު 2024 - 14:59
ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެ އިން ރިޕަބްލިކް އޮފް ތުރުކިޔޭ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ތުރުކިޔޭގެ ރައީސް ހިޒް އެކްސަލަންސީ ރަޖަބް ޠައްޔިބް އުރްދުޣާން އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ އަންކާރާ ގައި ހުންނަ ރައީސްގެ ރިޔާސީ ގަނޑުވަރު ކޮޅު ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކިޔޭއިން ދިވެހިރާއްޖެ އަށް ވެދެއްވަމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އެކި ދާއިރާތަކުން ރާއްޖޭއާ ތުރުކިޔޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރަމުންގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ރައީސް އުރްދުޣާން އަށް އެރުވިއެވެ.

ދިވެހިރާއްޖެ އިން ތުރުކިޔޭއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް އުރްދުޣާން ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.

ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަކީ ދިވެހިރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަޤާމުތަކުގައި މެދުނުކެނޑި 39 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން އާމިނަތު ދިހްޝާނާ އާއި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އާމިނަތު ޝަޒްލީ ސަލީމް އަދި ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރާންސްޕޯޓް މިނިސްޓަރ އަމީން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ޚަބަރު | 2 މަސް ކުރިންމޮރީނިއޯ މިހާރު ފުރަތަމަ 11 ކަނޑައަޅަނީ ގުރުލައިގެންކުޅިވަރު | 4 މަސް ކުރިންރާއްޖެއަށް އެހީވުމުގައި އިންޑިޔާ އަބަދުވެސް ދެމި އޮންނާނެ ޚަބަރު | 7 މަސް ކުރިންޔޫޕީއާރު ވޯކިންގ ގްރޫޕްގެ 48 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާން ނިންމައިފިޚަބަރު | 7 މަސް ކުރިން