logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ނޮވެމްބަރު 3 ގެ ހަނދާންތަކާއެކު ކޮޅަށް ހުންނެވުމުންވެސް ސެލިއުޓް ކުރަން ޖެހޭ

އާމިނަތު ޝަފާ
4 ނޮވެމްބަރު 2024 - 13:40
ނޮވެމްބަރު 3 ގެ ހަނދާންތަކާއެކު ކޮޅަށް ހުންނެވުމުންވެސް ސެލިއުޓް ކުރަން ޖެހޭ

ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބިރުވެރި ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. ދިވެހިންގެ ތެރެއިންގެ ގައުމަށް ޣައްދާރުވި ބަޔަކާއި އަވަށްޓެރި ލަންކާގައި ވަކިވެގަންނަން މަސައްކަތްކުރި ތަމަޅައިންގެ ޕްލޮޓް ޖަމާއަތުން ދިން ހަމަލާގައި 19 ދިވެހިންގެ ލޭ މި ދިވެހި ފަސްގަނޑަށް އޮހޮރުވާލިއެވެ. އެދުވަހު ސިފައިންގެ ބޭކަލުން ދުޝްމަނުންނާ ދެކޮޅަށް ދެއްކެވި ހިތްވަރާއި ފަންވަރަކީ ދިވެހި ތާރީހުގައި ރަން އަކުރުން އަބަދުވެސް ފަވާލެވި ހުންނަނާނެ ކަމެކެވެ.

ފުރާނައިން ގުރުބާންވުމުގެ ނިޔަތުގައި އެދުވަހު ދިވެހި ސިފައިންގެ ފައުޖުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައި ޝަރަފު އެރުވި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިފައިންގެ އެހެން ބޭކަލުންނެކޭ އެއްފަދައިން ރިޓަޔަޑް ޖަލީލަށްވެސް އެދުވަހު ހޭފުޅުލެއްވުނީ ބަޑީގެ އަޑަށެވެ. ފުންމައިގެން ތެދުވެވަޑައިގެން އެނދުގެ ކޮޅުގައި އަޅުވާފައި އޮތް ކޮމްބެޓް ޔުނިފޯމު އަޅުއްވައި، ޓާސްކްފޯހުގެ ބަޑިހަރުން އޭކޭ-47 ރައިފަލެއް ނަންގަވައިގެން ބަޑީގެ އަޑު އަންނަ ދިމާލަށް މިސްރާބު ޖެއްސެވި އެވެ. އޭރު އެންމެ 28 އަހަރުގެ ޒުވާން އޮފިސަރާ ހެދި ދުޝްމަނުން ސިފައިންގެ އިން ބާގަނޑެއް ގޮއްވާލައިގެން އެތެރެއަށް ވަދެގަތުމަށް އެޅި ފިޔަވަޅު ހުއްޓުވާލިއެވެ. ދުޝްމަނުންގެ ހަބަރު ހޯދުމަށް ވޮލެންޓިއާ ކުރެވުނު ގުރޫޕުގެ ލީޑަރަކަށް ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުން ދުޝްމަނުން ވާ ވައްދާލާއި އެމީހުން ހަނގުރާމައިގެ މައިދާނުގައި އިތުރަށް ނިކަމެތިކޮށްލިއެވެ.

ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށްޓަކައި ރައީސްގެ ގަރާރު ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސަސް ސެކްރަޓަރީ ހުސައިން އާމިރު އިއްވަވާދެއްވަން ފެއްޓެވުމާއެކު ޖަލީލްގެ ލޯ ފުޅުން ހޯސްލާފައިފައި ކަރުނަ ފައިބައިގަތެވެ. މި ކަރުނައިން އެތައް ވާހަކަތައްކެއް ބުނެދިނެވެ.

މެންދުރު ޓީވީއާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ނަޒަރުގައި ނޮވެމްބަރު 3 ވަނަ ދުވަހު ހުސައިން އާދަމް ޝަހީދުވުމަށްފަހު ދެން ބަޠަލަކީ ރިޓަޔަރޑް މޫސާ ޢަލީ ޖަލީލެވެ. ރިޓަޔަރޑް ޖަލީލުގެ މަސައްކަތްޕުޅުން ސިފައިން ފިޑިވެފައި ތިބި ތިބުން ނިމުމަކަށް ގެނައެވެ. އަދި ދުޝްމަނުންނަށް ދިވެހި އަސްކަރިއްޔާއަކީވެސް ވަރުއޮތް ހައިބަތު ބޮޑު ލަޝްކަރެއްކަން އަންގައިދިނެވެ.

ސޯޝަލް މީދިއާގައި ހިޔާލު ފާޅުކުރި މީހުން ދެކޭގޮތުގައި ރިޓަޔަޑް މޫސާ އަލީ ޖަލީލްގެ މޫނުފުޅުމަތިން ފެނިގެން ދިޔަ އަސަރަކީ މިޤައުމާއި އިސްލާމް ދީނުގެ ޙިމާޔަތުގައި އަމިއްލަ ފުރާނަ ޤުރުބާން ކުރަން ޙަޤީޤަތުގައިވެސް ޖެހިލުންވުމެއް ނެތި ކުރިމަތިލައި، ދިވެހީން ސަލާމަތުގެ އައްސޭރިއަކަށް ގެނައުމުގައި އެންމެ ކުރީ ސަފަށް ނިކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަދިވެސް ﷲ ގެ ރަޙްމަތުން ދުނިޔޭގައި ހެޔޮޙާލުގައި ހުންނެވި ބަޠަލަކަށް އެދުވަހު އެކޮށްދެއްވި ޚިދުމަތަށްޓަކައި "ޝުކުރިއްޔާ" އޭ ބުނެވުނު ހިނދު ކުރި ފުން އަސަރެވެ.

މެންދުރު ޓީވީއާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވިގޮތަށް ދެން އަނބުރާ އާދެވޭނެކަމުގެ އުއްމީދު ނެތް ހާލު އެދުވަހު ނިކުމެވަޑައިގެން ، އެކުގައި ނިކުމެ ވަޑައިގެން 3 ބޭކަލަކު ޝަހީދުވި މަންޒަރު ލޯފުޅުން ދެކި ދިވެހި ރައްޔިތުންގެ ހާލު ވަޒަންކުރެވުނު ބަތަލު ރޭ ވެސް އެދެއްކެވީ ހިތްވަރު ގަދަކަމުގެ ނަމޫނާއެކެވެ.

ނޮވެމްބަރު 3 ގެ ހަނދާންތަކާއެކު ހަފްލާގައި ކޮޅަށް ހުންނެވުމަކީވެސް ރިޓަޔަޑް ޖަލީލަށް ސެލިއުޓް ކުރަން ޖެހޭކަމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ކެންޑިޑޭޓް ޖަލީލުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފިޚަބަރު | 16 މިނިޓު ކުރިންރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރަކީ މާލެ ރައްޔިތުންނަށް 'ރަން ޒަމާން': ޖަލީލްޚަބަރު | 30 މިނިޓު ކުރިންނޮވެމްބަރު 3 ގެ ހަނދާންތަކާއެކު ކޮޅަށް ހުންނެވުމުންވެސް ސެލިއުޓް ކުރަން ޖެހޭޚަބަރު | އަހަރެއް ކުރިން