logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ޖަވާބުދާރީ ކުރުވާނެ އޮނިގަނޑެއް ޑިމޮކްރެޓިކްސްއިން އެކުލަވާލަނީ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
4 ނޮވެމްބަރު 2024 - 16:51
ޑިމޮކްރެޓްސްގެ ޗެއާ ޕާސަން ހަސަން ލަތީފް އާއި އެޕާޓީގެ ކޮމެޓީ ތަކުގެ ރައީސް ހުސެއިން އަމްރު ފޮޓޯ--/ މެންދުރު އޮންލައިން
ޑިމޮކްރެޓްސްގެ ޗެއާ ޕާސަން ހަސަން ލަތީފް އާއި އެޕާޓީގެ ކޮމެޓީ ތަކުގެ ރައީސް ހުސެއިން އަމްރު ފޮޓޯ--/ މެންދުރު އޮންލައިން

ސަރުކާރު ޖަވާބުދާރީ ކުރެވެން ހުރި ގޮތްތަކުން ޖަވާބުދާރީ ކުރުވައި އެކަން ކަން ކުރާނެ އޮނިގަނޑެއް ގާއިމްކުރުމާއި ގުޅޭ ގޮތުން "ސްޓެރެޖެޓިކް ވޯކް ޝޮޕް އޮން ގަވާންމެންޓް ވޮޗު އެންޑް އެކައުންޓެބިލިޓީ" ގެ ނަމުގައި ވޯކް ޝޮޕެއް އިދިކޮޅު ޕާޓީ އެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އިން ބާއްވައިފިއެވެ.

މިރޭ މާގިރި ހޮޓަލުގައި ބޭއްވި މި ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ޑިމޮކްރެޓްސް އިން އިންތިޚާބުކޮށްފައިވާ ކޮމެޓީ ތަކުގެ ރައީސް ހުސެއިން އަމްރު އެވެ. މި ވޯކް ޝޮޕްގައި ޑިމޮކްރެޓްސް ގެ ހިންގުން އިތުރަށް ހަރުދަނާކޮށް ސަރުކާރު ޖަވާބުދާރީ ކުރެވެން ހުރި ގޮތްތަކާއި މެދު ޕާޓީގެ ޚާއްސަ އިސް މެންބަރުންނާއި އާއްމު މެންބަރުންނާއި ދެމެދު ވަނީ މަޝްވަރާ ތައް ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑިމޮކްރެޓްސްގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ އެންމެ ފުރިހަމައަށް ކުރެވޭނީ ސްޓްރެޓީޖިކް ކޮށް ސަރުކާރުން ކުރާ މަސައްކަތްތައް ދިރާސާކޮށްގެން ކަމަށެވެ. އެހެން ކަމުން ޑިމޮކްރެޓްސްގެ އޮނިގަނޑު އެކުލަވާލާފައިވަނީ އެ މަސައްކަތްތައް ކުރެވޭނެ ގޮތަށް ކަމަށް ވެސް ހަސަން ލަތީފް ވަނީ ހާމަކުރައްވާފައެވެ.

މިރޭ ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ޗާގޯސް އާއި ބެހޭ ގޮތުން މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ( ބޮންޑޭ) ލިޔުނު ފޮތެއްވެސް ނެރުން އޮތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | 3 މަސް ކުރިންކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް ޚަބަރު | 3 މަސް ކުރިންނަޝީދާ ޑިމޮކްރެޓްސް ''އެމްޑީޕީ ރޫޅަން'' އަލުން އެމްޑީޕީއަށްޚަބަރު | 3 މަސް ކުރިންކެޔޮގަނޑުގެ ފޫވައް ވައްޓާނުލެވި، އުނބަށް ޖެއްސެވީތޯ؟ރިޕޯޓް | 5 މަސް ކުރިން