logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާ ޗެންޕިއަންސް ލީގު: ޔޯކެރޭޝްގެ ހެޓްރިކުން ސިޓީ ބަލިކޮށްފި

އަބްދުﷲ ޣާނިމް
6 ނޮވެމްބަރު 2024 - 05:05
މެޗުގެ މޮޅުކުޅުންތެރިޔާ އަދި ހެޓްރިކް ހީރޯ ޔޯކެރޭޝް،ފޮޓޯ: ފަބިރީޒިއޯ ރޮމާނޯ
މެޗުގެ މޮޅުކުޅުންތެރިޔާ އަދި ހެޓްރިކް ހީރޯ ޔޯކެރޭޝް،ފޮޓޯ: ފަބިރީޒިއޯ ރޮމާނޯ

މެންޗެސްޓަރ ޔުނައިޓެޑުގެ އައު ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ސްޕޯޓިން ޗެންޕިއަންސް ލީގުގައި ރޭގައި ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ސިޓީ ސައިޒަށް ތިރިކޮށްފިއެވެ. މި މެޗުގައި ބެންފީކާގެ ޓީމަށް އެޓީމުގެ ހުނަރުވެރި ފޯވާޑް ޔޯކެރޭޝް ވަނީ ހެޓްރިކް ހަދާދީފައެވެ. ބެންފީކާ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗަކީ ޗެންޕިއަންސް ލީގުގައި އަމޮރިމް އެޓީމަށް އިރުޝާދުދޭނެ އެންމެފަހު މެޗެވެ.

މެޗުފެށިގެން އެންމެ 4 މިނެޓުގައި މެންޗެސްޓަރ ސިތީއިން ވަނީ ލީޑު ނަގާފައެވެ. މިލަނޑު ސިޓީއަށް ޖަހައިދިނީ ފިލް ފޯޑެން އެވެ. އެހެން ނަމަވެސް ސްޕޯޓިން އިން ވަނީ ފަހަތުންއަރައި 4 ގޯލު ޖަހާ ގަޑިއޯލާގެ ޓީމަށް ޝޮކެއް ދީފައެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފު ނިމެންދަނިކޮށް ޔޯކެޜޭޝް އެވެ. އަދި ދެވަނަ ގޯލުޖެހީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައެވެ. މިގޯލު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ މެކްސިމިލާނޯއެވެ. ފަހު 2 ގޯލް އަކީވެސް ޔޯކެޜޭޝް ޕެނަލްޓީއަކުން ޖަހައިދިން 2 ގޯލެވެ. ފުރަތަމަ ޕެނަލްޓީއަކީ ސިޓީގެ ވާޑިއޯލް ސްޕޯޓިންގ ގެ ޓްރިންކާއޯ އަށް މެޗުގެ 48 ވަނަ މިނެޓުގައި ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ހެޓްރިކް ފުރިހަމަ ކުރުމަށް ޖެހި ޕެނަލްޓީއަކީ 80 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއެކެވެ. މެޗުގެ 69 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެންޓީ ހާލަންޑް ވަނީ މިސްކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގައި ޖެހި ތިން ގޯލާއެކު ޔޯކެރޭޝް ވަނީ މި އަހަރުތެރޭގައި 53 ގޯލުޖަހާފައެވެ.

ގާޑިއޯލާގެ ސިޓީއިން ވަނީ މީގެ ކުރިން ކުޅުނު ޗެންޕިއަންސް ލީގު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑު އަތުގައި އޮތް ޔޫރަޕުގައި އެންމެ ގިނަމެޗުން (25 މެޗު) ބަލިނުވުމުގެ ރެކޯޑް މުގުރާލައި 26 މެޗު ބަލިނުވެ ހަމަކޮށްފައެވެ. ރޭގައި ވަނީ ސިޓީގެ މި ރިކޯޑްވެސް ހުއްޓިފައެވެ. އަދި މެޗު ފެށުމުގެ ކުރިން ދިން ޕްރެސްކޮންފަރެންސް ގައި އަމޮރިމް ވަނީ މި މެޗުގައި ސިޓީ ބަލިކުރެވިއްޖެނަމަ މީޑިޔާތަކުން އޭނާއަކީ އައު ފާގަސަން ގޮތުގައި ސިފަކުރާނެކަމަށް ބުނެފައެވެ. އެހެންކަމުން މިއީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމޮރިމް ހަވާލުވަން ހަމަ ޖެހިފައިވާ މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުން އުފާކުރުވާނެ ފަދަ ނަތީޖާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް ސިޓީ އާއި ޖެހިޖެހިގެން 5 ވަނައަހަރު ކުރިމަތިލާއިރު، އަނެއްކާވެސް ބާސެލޯނާއަށް ފައިނަލަށް ދިޔުމަށް ފަސޭހަމަގެއްކުޅިވަރު | 11 ދުވަސް ކުރިންމެންޗެސްޓަރ ސިޓީގެ ފަހަތް ފޫގޮސް، ލީގަށް "އަލްވަދާޢު"؟ކުޅިވަރު | 2 މަސް ކުރިންފުޓްބޯޅަ ޢާއިލާ އަށް އުފާވެރި ޚަބަރެއް، ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 5 މަސް ކުރިންމިދިޔަ އަހަރުގެ ޗެންޕިއަންސް ލީގުގެ ގޯލްޑަން ބޫޓު ގިރާސީއަށްކުޅިވަރު | 6 މަސް ކުރިން