logo
MPL

MPL

ޚަބަރު

ޤައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭނުގެ މަޝްވަރާ ބައްދަލުވުންތައް އިފްތިތާޙްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 ނޮވެމްބަރު 2024 - 06:49
ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޤައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭނުގެ މަޝްވަރާ ބައްދަލުވުންތައް މިއަދު އިފްތިތާޙްކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭގެ ޙޯލުގައި ބޭއްވި ޙާއްސަ ޙަފުލާއެއްގައި އެ މަޝްވަާ ބައްދަލުވުންތައް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދުގެ ޙަފުލާގައި ވަނީ ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓާ ޕްލޭންގެ މަޝްވަރާ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަން ވަނީ ފަށާފައެވެ. މި ޕެނަލް ޑިސްކަޝަންގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނާއި، މުޢައްސަސާތަކާއި، ސިވިލް ސޮސައިޓީއާއި، ޚާޢްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި، އަދި އެކި ދާއިރާތަކުގެ ބައިވެރިން ހިމެނެއެވެ.

ޤައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވާލާކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުން ސޯޝަލް މީޑިޔާއަށް ދޫކުރި ވީޑިޔޯ މެސެޖެއްގައެވެ. އެ ވީޑިޔޯ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް ކުރާނީ ރައްޔިތުންގެ ވެސް ބައިވެރިވުން އެކަމުގައި ހިމެނޭ ގޮތުން ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ ރައްޔިތުން، ޤައުމީ ތަރައްގީ ބައްޓަން ކުރަން ބޭނުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެދުވަހު ރައީސް ވިދާޅުވީ، އެ މަސައްކަތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، އެކިއެކި ސްޓޭލް ހޯލްޑަރުންނާއި، ތަޖުރިބާކާރުންނާއި އަދި ކަމުވޮށިގެންވާ ބޭފުޅުންގެ ޚިޔާލު ވެސް ހިމެނޭނެ ކަމަށެވެ. އަދި އެ ޕްލޭން ވާނީ، ވަކި ގާނޫނަކުން ގާނޫނީ ބާރުވެރިކަން އެކަމަށް ލިބޭނެ ޕްލޭނަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން