logo
MPL

MPL

ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް އަހަރެއް، ރައްޔިތުންގެ ލަފާ ވެސް ބޭނުން: ވަޒީރު

އާމިނަތު ޝަފާ
6 ނޮވެމްބަރު 2024 - 10:29
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް އަހަރެއް، ރައްޔިތުންގެ ލަފާ ވެސް ބޭނުން: ވަޒީރު

20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭން އެކުލަވާލުމުގައި ކޮންމެ ރައްޔިތެއްގެ ފުރިހަމަ އެއްބާރުލުމާއި އަމިއްލަ ޙިޔާލާޢި ލަފާ ބޭނުންވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ޕްލޭން އެކުލަވާލާނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި އެންމެ ފައިދާހުރި ޕްލޭންއެއް އެކުލަވާލުމަށް ހުރިހާ ރައްޔިތުންގެ ޝާމިލުވުން މުހިންމުވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ވަޒީރު ވިދާޅުވީ އެ ޕްލޭނަކީ އިޖުތިމާއީ އިޤްތިސާދީ ތަރައްޤީއަށާއި، ތިމާވެށި ރައްކާތެރިކުރުމަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އާޅާނެ މުހިންމު ފިޔަވަޅުތައް ހިމެނޭނެ ޕްލޭނެއްކަމަށެވެ.

"މި ޕްލޭންގައި ތަރައްޤީގެ ގެނައުމުގެ އިތުރުން އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، މައްސަލަތަކަށް ރިޔާއަތް ކުރާނެ ގޮތްތައް ހިމެނޭނެ" 

ވަޒީރު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭނެއް ހަދަން މަސައްކަތްފަށާއިރު އެ ޕްލޭނަށް ޤާނުގެ ތެރެއިން ރައްކާތެރިކަން ދޭންޖެހޭނެކަމެއްކަމަށެވެ. އެހެންކަމުން އެ ޕްލޭނަށް ދޭންޖެހޭ ޤާނޫނީ ރައްކާތެރިކަން ދިނުމަށް ޤާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

"ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ދެމެހެއްޓުމަށްޓަކައި، ޕްލޭނުގައި ކަނޑައެޅޭ މުހިންމު ސިޔާސަތުތަކާއި، އަމާޒުތަކާއި، އިސްތިރާޖުތަކާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނެސްދޭންޖެހޭ" 

20 އަހަރުގެ ދުރު ރާސްތާ ޕްލޭންއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތައް ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ، ސިޔާސީ ޕާރޓީތަކާއި އާއްމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން