މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު އެމް.އޯ.ޔޫގައި ސޮއިކޮށްފި
6 ނޮވެމްބަރު 2024 - 10:51

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމްސީސީއީ) އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އާއެކު ގްރީންހައުސް ގޭސް (ޖީއެޗްޖީ) ރިޕޯޓިންއަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަރުހަލާތައް ހަރުދަނާ ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މަޤްޞަދަކީ، އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި ޕެރިސް އެގްރީމަންޓްގެ ދަށުން ކްލައިމެޓް ޓްރާންސްޕޭރެންސީގެ ޝަރުޠުތައް ފުރިހަމަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދީ، ރާއްޖޭގައި ހަކަތައިގެ ޑޭޓާ އެއްކުރުމުގެ ސައްހަކަމާއި އެފިޝަންސީ އިތުރުކުރުމެވެ.

Ad by Hajj Corporation
ޔޫއެން އެންވަޔަރަންމަންޓް ގެ އިމްޕްލިމެންޓޭޝަން އެހީތެރިކަމާއެކު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ ޖީއީއެފް ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެމްއޯޔޫގައި އެމްސީސީއީއީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް ޑިވެލޮޕްމަންޓް ޑރ.އަބާންއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވީ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް އާއި `އެމްސީސީއީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން އަގީލް ނަސީރު، އެމްސީސީއީއީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން. އަދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުއައްވިޔަތު ޝަރީފާއި އެމްސީސީއީ، އެމްބީއެސް އަދި ޔޫއާރްއޭގެ އިސްވެރިން ވެސް ބަިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއޯޔޫގެ ދަށުން އެމްސީސީއީއީ، އެމްބީއެސް އަދި ޔޫއާރްއޭ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓުތަކުން ބޭނުންވާ ހަކަތައިގެ ޑޭޓާ ހިމަނައިގެން އެމްބީއެސް އިން މިހާރު ކުރިއަށް ގެންދާ ޓޫރިޒަމް ސްޓެޓިސްޓިކްސް ސާވޭ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ އެވެ. އަދި ޓޫރިޒަމް ސްޓެޓިސްޓިކްސް ސާވޭ ފޯމް އަދާ ހަމަކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އަދާ ހަމަ ކޮށްފައިވާ ސާވޭ ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިކުރިއެރުންތަކުގެ ސަބަބުން ޑޭޓާ ކަލެކްޝަން ޕްރޮސެސްތައް ސްޓްރީމްލައިންކޮށް، ރިޑަންޑަންސީސް މަދުވެ، ހަކަތައިގެ ދާއިރާގެ ޖީއެޗްޖީ އިންވެންޓްރީ އާއި ޕޮލިސީ ޑިވެލޮޕްމަންޓަށް ބޭނުންވާ ސައްހަ ހަކަތައިގެ ޑޭޓާ ތައް އަބަދު އެއްކުރެވޭކަން ކަށަވަރުވެގެންދާނެ އެވެ. އަދާ ހަމަކޮށްފައިވާ މި ސާވޭ މިއަހަރުގެ ފަހުކޮޅު ތަންފީޒުކޮށް، 2023 ވަނަ އަހަރުން ފެށިގެން ޑޭޓާ އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.