logo
Bank of Maldives

Bank of Maldives

ޚަބަރު

އޭސީސީގެ 'ދަތެއް ނެތް'، ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހޭ: ޢަބުދުﷲ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ނޮވެމްބަރު 2024 - 14:59
އޭސީސީގެ 'ދަތެއް ނެތް'، ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހޭ: ޢަބުދުﷲ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ''ދަތެއް'' ނެތްކަމަށާއި، އެ ކޮމިޝަން މެންބަރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު ޢަބުދުﷲ ރަޝީދު (އަވަސް އަބުޅޯ) ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޢަބުދުﷲ ވިދާޅުވީ، އެ ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ އޭނާ ހުންނެވީ އަޖައިބުވެ އަންދަރީސްވެފައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެހި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް މުއައްސަސާތައް ހެދިފައިވާ ކަމަށާއި، ނަމަވެސް އެ މުއައްސަސާތައް ފެއިލް ވެފައިވާކަމަށް ޢަބުދުﷲ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ހައްދުން ނެއްޓިފައި ވަނީ އެ މުއައްސަސާތައް ފެއިލްވުމުގެ ސަބަބުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

''އެންޓި ކޮރަޕްޝަން ކޮމިޝަން ހަދާފައި އެބައޮތް، އ.ޭސ.ީސީ އެ އޮތީ، އޮޑިޓަރ ޖެނެރަލް އެބައޮތް، މި ކަންތައްތައް އިނގޭތޯ، އަޅުގަނޑު ދެކޭގޮތުގައި އެ ފަރާތްތައް ދައުލަތުގެ ބަޖެޓުން ކޮން ކަމެއްތޯ ނުކޮށްދެނ.ީ'' އަބުދުﷲ ވިދާޅުވިއެވެ.

އަބުދުﷲ ވިދާޅުވީ، އޭސީސީއަށް އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ޚަރަދުކޮށްދޭ ކަމަށާއި، އޭނާ ދެކޭ ގޮތުގައި އ.ޭސ.ީސީގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ.

''ބޮޑެތި ފެމުނުގެ މައްސަލަތައް އެބަހުރ.ި މި ވާގޮތަކީ ހުރިހާ ވެސް ؛ ރިހާކުރު ފުޅި ވަގަށް ނަގާ މީހުން ކަންތައްތައް ބަލަނ.ީ
ބޮޑެތި މީހުންނާ ޖެހުނީމަ މި ކަންކަން ހުއްޓެނ.ީ އ.ޭސ.ީސީގައި މި ފެންނަނީ ދަތެއް ނެތްތަން، ލޮލަށް ނުފެންނަތަން،
އަނގަމަތީގައި ޓޭޕު އެޅިފައި އޮތްތަން، އަޅުގަނޑުމެން މި ތަނުން ކުރަންވީ ކަމަކީ އެ ބޭފުޅުން ގެނެސް އެ ބޭފުޅުން
ޒިންމާރުކުރުވަންވީ އިނގޭތޯ؟'' އަބުދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުއައްސަސާތައް ނެތީއެއް ނޫންކަމަށާއި، ކަންކަން ހައްލު ނުކުރެވެނީ ކަމަށެވެ.

''މި ޤައުމުގައި ކޮންކަމެއްތޯ ނުކުރަނީ މަގު ފޭރެނ.ީ ޑްރަގު ވިޔަފާރިކުރަނ.ީ މީހުން ގައި ކަޓަރުއަޅަނ.ީ
ކޮންކަމެއްތޯ ބަލަނީ؟ ޔުނިފޯމު އެޅި މީހުން ކޯޗެއްތޯ މި ހަދަނީ؟ އެ މީހުންނަށް ކޮންކަމެއްތޯ ކޮން އިނާޔަތެއްތޯ
އަޅުގަނޑުމެން ނުދެނީ؟ އަޅުގަނޑުމެން އެބަޖެހޭ އެ މީހުން މި ކަންކަން ޒިންމާއަދާކުރަން އިނގޭތޯ'' ޢަބުދުﷲ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | 3 ދުވަސް ކުރިންއެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 5 ދުވަސް ކުރިންޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އިސްލާހު ބަލާގަނެ ކޮމިޓިއަށް!ޚަބަރު | 6 ދުވަސް ކުރިންޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީޚަބަރު | 6 ދުވަސް ކުރިން