logo
MPL

MPL

ޚަބަރު

ޗައިނާގެ ދީލަތި އެހީ ރާއްޖެއަށް: 20 ލެޕްޓޮޕާއި 80 ކޮމްޕިއުޓަރ ސިސްޓަމް

އަޙްމަދު ޒަލީފް
7 ނޮވެމްބަރު 2024 - 11:29
ޗައިނާގެ ދީލަތި އެހީ ރާއްޖެއަށް: 20 ލެޕްޓޮޕާއި 80 ކޮމްޕިއުޓަރ ސިސްޓަމް

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް 80 ކޮންޕިއުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

މިތަކެތި ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި ޚާރިޖީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޗައިނާއިން ހަދިޔާކުރި އާލާތްތަކުގެ ސަބަބުން ރާއްޖޭގެ ޓެކްނިކަލް ދާއިރާ ކުރިއެރުވުމަށް މަގު ފަހިވާނެ ކަމަށެވެ.

އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމަށް ޗައިނާއިން ވެދެއްވި އެހީތެރިކަން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން އުފެދިފައިވަނީ އިޙްތިރާމުގެ މައްޗަށް ކަމަށެވެ. އަދި މި ގުޅުމުގެ ދަށުން ރާއްޖެއަށް ގިނަ އެހީތަކެއް މިހާރުވެފައިވާކަން ސަފިރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ރައީސް، ޒިޔާރަތް ކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާނަން: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންއިހާނެތިކޮށް ހިތުމާއި މީހުން ނުރުހޭ ވަނަންތައް ކިޔުމާ ދުރުހެލިވެ ތިބެން ޖެހޭ: ރައީސްޚަބަރު | 11 ގަޑިއިރު ކުރިންއިހްތިރާމުކޮށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސްޚަބަރު | 21 ގަޑިއިރު ކުރިން