logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ގޭންގްތަކާ ދެކޮޅަށް ވަޒީރުގެ ހަރުކަށި އިންޒާރެއް

އާމިނަތު ޝަފާ
8 ނޮވެމްބަރު 2024 - 04:20
ގޭންގްތަކާ ދެކޮޅަށް ވަޒީރުގެ ހަރުކަށި އިންޒާރެއް

މާލޭގައި ހަރަކާތްތެރިވާ ގޭންގު ތަކާ ދެކޮޅަށް ދާހިލީ ވަޒީރު އަލީ އިހުސާން ހަރުކަށި އިންޒާރުތަކެއް ދެއްވައިފިއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ހުންނަ ހިޔާ 9 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި 12 މީހުންގެ ގޭންގަކުން ރަހީނު ކޮށްގެން ގެންގުޅު މީހަކު ސަލާމަތްކުރުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މި ސަރުކާރަށް ވަރަށް މުހިންމުކަމެއްކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ މިފަދަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެެއްވެސް ވަރަކަށް ދޫ ނުދެއްވާނެކަމަށެވެ.

"ކުށް ކުރާ ފަރާތްތަކާ ދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން"

ބައެއް އެޕާޓްމަންޓް ތަކުގައި ކުށްކުރުން އިތުރުވެފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެ ތަންތަނުގެ ވެރިންނާ ވާހަކަ ދައްކާނެކަމަށާއި ދައުލަތަށް އެތަންތަން ނެގެން އޮތް ނަމަ ނަގާނެކަންވެސް ހާމަކުރައްވާފައެވެ.

އިހުސާން ވަނީ ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުން ހިދުމަތުގައި ތިއްބަވާނެ ބައެއްކަމުގެ ޔަގީންކަން ދެއްވާ، މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާ ފްލެޓުގައި މީހަކު ރަހީނުކުރިއިރު ފްލެޓްތަކަށް ގެންގޮސް ފައިސާ އާއި އަގު ބޮޑު މުދާ ފޭރޭ މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައިވެއެވެ.މިފަދަ ފްލެޓްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުންވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އެ މީހާ ރަހީނުކުރި ސަބަބެއް އަދި ހޭދަވި ދުވަހެއް ވެސް އަދި ސާފެއް ނުވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީން މިއާގެ މަރުގެ މައްސަލަ: ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 9 ގަޑިއިރު ކުރިންހޯމަ ދުވަހު ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ ޚަބަރު | 12 ގަޑިއިރު ކުރިންއިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ: ޝިޔާމްޚަބަރު | 14 ގަޑިއިރު ކުރިން