logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރޮޕާ ލީގު: ހަފްތާގެ މެންޗެސްޓަރ ޔުނައިޓެޑް ލެވެލް ގެ މުބާރާތަށް ނަޒަރެއް.

އަބްދުﷲ ޣާނިމް
8 ނޮވެމްބަރު 2024 - 06:16
2017 ވަނަ އަހަރުގައި މެންޗެސްޓަރ ޔުނައިޓެޑުން ޔޫރޮޕާ ލީގު ތަށި އުފުލާލާފައިވޭ. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
2017 ވަނަ އަހަރުގައި މެންޗެސްޓަރ ޔުނައިޓެޑުން ޔޫރޮޕާ ލީގު ތަށި އުފުލާލާފައިވޭ. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

ޔޫރަޕިއަން ފުޓްބޯޅައިގެ 2 ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ މެޗުތަކުގެ ރައުންޑް 4 ގެ މެޗުތައް ނިމިދިޔަ ހަފްތާގައި (ބުދަ އަދި ބުރާސްފަތި) ކުޅެފިއެވެ.

ޔޫރޮޕާ ލީގުގެ މި ހަފްތާގެ އެންމެ ފާހަގަކޮށްލެވޭ މެޗުތަކަށް ނަޒަރެއް ހިންގާލާނަމެވެ. ބުދަ ދުވަހު ކުޅުނު މެޗުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މެޗަކީ ތުރުކިޔޭގެ ގަލަޓަސަރާއީ އާއި ޓޮޓްނަމް ބައްދަލުކުރި މެޗެވެ. ރަތްކާޑުގެ ސަބަބުން މެޗުގެ 60 ވަނަ މިނެޓުން ފެށިގެން އެކަކު މަދުކޮށް ޓޮޓްނަމް ކުޅުނު މިމެޗު 3-2 އިން ކާމިޔާބު ކުރީ ގަލަޓަސަރާއީ އެވެ. މިއީ ޔޫރޮޕާ ލީގުގައި ޓޮޓްނަމް ބަލިވި ފުރަތަމަ މެޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްކޮޓްލޭޏްޑްގެ ރޭންޖާރސް އާއި ގްރިސްގެ އޮލިމްޕިއާކޮސް ބައްދަލުކުރި މެޗު 1-1 އިން ވަނީ އެއްވަރުވެފައެވެ. މޮރީނިއޯގެ ފެނަބާޗޭ ވަނީ ހޮލެންޑުގެ އޯލްކްމާ އަތުން 3-1 ބަލިވެފައެވެ. މީއީ އޯލްކްމާ އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މި ބައްޔާއެކު ފެނަބާޗޭ ވަނީ ތާވަލުގެ 21 ވަނަ އަށް ވެއްޓިފައެވެ.

އަޔަކްސް ވަނީ މަކަބީ ޓެލް އަވީވް އަތުން 5-0 ން މޮޅުވެ ތާވަލުގެ 2 ވަނައަށް އަރާފައެވެ. އިޓަލީގެ ލާޒިއޯ އާއި ޕޯޓޯ ބައްދަލުކުރި މެޗުން މޮޅުވެ ލާޒިޔޯވަނީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.

ރޭގައި އެންމެ ފާހާގަކޮށްލެވޭ މެޗަކީ މެންޗެސްޓަރ ޔުނައިޓެޑާއި ގްރީސްގެ ޕައޮކް ތެސަލޮނީކީ ކުޅުނުމެޗެވެ. މި މެޗުން މެންޗެސްޓަރ ޔުނައިޓެޑު ވަނީ 2-0 އިން މޮޅުވެ މި މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ 15 ވަނައިގައެވެ. ޔުނައިޓެޑު މީގެ ކުރިން މި މުބާރާތުގައި ކުޅުނު 3 މެޗުންވެސް މޮޅުވެފައި ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޯޗު ބޭރުކޮށްގެންވެސް ނަތީޖާ ބަދަލެއް ނުވޭ! ލީގުގައި މޮޅެއް ނުލިބި ތިންމެޗު ޔުނައިޓެޑުން ހަމަކޮށްފިކުޅިވަރު | ދުވަހެއް ކުރިންއެކްޕްރިމެންޓް އަތަށްގޮވައި އަމޯ ޔުނައިޓެޑުން ބޭރުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންލީޑްސްއާ އެއްވަރުވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް ގެއްލިއްޖެކުޅިވަރު | 4 ދުވަސް ކުރިންވުލްވްސް ޖެހިޖެހިގެން 11 މެޗުން ބަލިވުމުން ޔުނައިޓެޑުން އާއަހަރުގެ ހަދިޔާދީފިކުޅިވަރު | 9 ދުވަސް ކުރިން