logo
E-Platinum
ކުޅިވަރު

"އިނގިރޭސި ޕްލަމްބަރ" ސްޓީވަން ޖެރާޑް ސަޢޫދީ ލީގުގައި މަލާމާތުގެ ނިޝާނަކަށް

އަބްދުﷲ ޣާނިމް
9 ނޮވެމްބަރު 2024 - 06:04
އަލް-އިއްތިފާޤްގެ ކޯޗު ޖެރާޑް. ފޮޓޯ: ސްޓާ ޓައިމްސް
އަލް-އިއްތިފާޤްގެ ކޯޗު ޖެރާޑް. ފޮޓޯ: ސްޓާ ޓައިމްސް

ލިވަޕޫލްގެ ލެޖެންޑް އަދި އަލް-އިއްތިފާޤުގެ ކޯޗު ސްޓީވަން ޖެރާޑުގެ މުސްތަޤުބަލު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. ސަޢުދީ ޕްރޯ ލީގުގައި ރޭގައި އަލް ހިލާލް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު ކުރީގެ އިނގިރޭސި ކެޕްޓަން މިހާރު ވަނީ ވަޒީފާއިން ވަކިކުރުމުގެ ބިރުހީވެފައެވެ.

މި ސީޒަނުގައި ބޮޑެތި އުއްމީދު ތަކާއެކު ނިކުތް ޖެރާޑް ގެ ޓީމުން މި ސީޒަންގައި ދައްކަމުން ގެންދާ ދަށް ކުޅުމާއިދޭތެރޭގައި ސަޕޯޓަރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން އަލް-އިއްތިފާޤު އެންމެ ފަހުން ކުޅުނު 9 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. އަދި މީގެތެރެއިން 5 މެޗުން ވަނީ ބަލިވެފައެވެ. މިއާއެކު އަލް-އިއްތިފާޤު އޮތީ ސަޢުދީ ލީގުގެ ރެލިގޭޝަން ޒޯނާއި 4 ޕޮއިންޓުގެ ފަރަގަކާއެކު ތާވަލުގެ 11 ވަނައިގައެވެ. އަދި ކިންގްސް ކަޕްގެ ގަދަ 16 ބުރުން ދެވަނަ ޑިވިޝަންގެ އަލް-ޖަބަލައިން އަތުން ބަލިވުމާ ގުޅިގެން ޓީމުގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.

އެގޮތުން ބައެއް ސަޕޯޓަރުން ޖެރާޑަށް "އިނގިރޭސި ޕްލަމްބަރު" އަދި "ކޮމީޑިއަން" ގެ ލަޤަބު ދީ، ކްލަބު "މަލާމާތުގެ ނިޝާނަކަށް" ހަދައިފިކަމަށް ބުނެފައިވެއެވެ. އަދި ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކޯޗުންގެ ތެރެއިން އެކަކު ކަމުގައިވާ ޖެރާޑުގެ ކޯޗުކަމުގެ މަޤާމުން ވަކި ނުކުރެވުގެން އުޅެނީ އޭނާގެ ހައިބަތާއި މަޝްހޫރުކަމާހެދިކަމަށް އަލް-އިއްތިފާޤުގެ ސަޕޯޓަރުން ތުހުމަތުކުރެއެވެ.

މިދިޔަ އަހަރު 2 އަހަރުގެ ކޮންޓްރެކްޓަކަށް އަލް-އިއްތިފާޤުގެ ކޯޗުކަމަށް ޖެރާޑް ޢައްޔަން ކުރިފަހުން އެ ކުލަބުން އަންނަނީ ބޮޑެތި ޚަރަދުތަކެއްކުރަމުންނެވެ. އަދި މިއަހަރުގެ ކުރީކޮޅު އޭނާގެ ކޮންޓްރެކް ވަނީ 2027 ވަނަ އަހަރަށް އިތުރުކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ކަޕް: ޓީނޭޖު ހަނިގޮތަކަށް މޮޅުވިއިރު، އައްސޭރި އިން މުބާރާތުގައި ބައިވެރިވާ އެހެންޓީމުތަކަށް ވަރުގަދަ މެސެޖެއެްކުޅިވަރު | 10 ދުވަސް ކުރިންދިއްދޫ ކަފް: ޑިފެންޑިން ޗެންޕިއަން ރިއަލް ޓީ ފަސޭހަކަމާއެކު ބީއެކްސްގެ މައްޗަށް ކުރިހޯދައިފި ކުޅިވަރު | 11 ދުވަސް ކުރިންއެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 23 ދުވަސް ކުރިންދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް ޚަބަރު | 2 މަސް ކުރިން